ހުޅުމާލެއިން 51 ބިޔަރު ދަޅާއި އެކު ދެ ފިރިހެނުން ހައްޔަރުކޮށްފިއެވެ.
މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ، ރޭ 22:47 ހާއިރު ހުޅުމާލެއިން ދެ ފިރެހެނަކު 51 ބިޔަރު ދަޅާއިއެކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ފުލުހުން ވިދާޅުވީ، ހައްޔަރުކުރީ އުމުރުން 22 އަހަރުގެ މީހަކާއި އުމުރުން 30 އަހަރުގެ މީހެއް ކަމަށެވެ.
އެދެމީހުން ފުލުހުންގެ ހައްޔަރުގައި ތިބި އިރު ހުޅުމާލޭ ކޯޓުން ވަނީ އެ ދެމީހުންގެ ބަންދައް 5 ދުވަސް ޖަހައިފައެވެ.
ފުލުހުން ދަނީ މިހާރު އެމައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.