ހުޅުމާލޭގައި ކާރެއް ކޮންޓްރޯލުން ނައްޓައިގެން ގޮސް، ގަހެއްގައި ޖެހި އެކްސިޑެންޓެއް ހިނގައި ތިން މީހަކަށް އަނިޔާވެއްޖެއެވެ.

މަައުލޫމާތު ލިބިފައިވާ ގޮތުގައި، ހުޅުމާލޭ ރީތިގަސްމަގުގައި މިއަދު ހަވީރު އެ އެކްސިޑެންޓް ހިނގަން މެދުވެރިވީ ކާރު ދުއްވަން އިން ޑްރައިވަރަށް ނިދި ޖެހިގެންނެވެ. 

މިއަދު ހަވީރު ހިނގި އެ އެކްސިޑެންޓްގައި ޕްރައިިވެޓް ކާރު ދުއްވަން އިންމީހާގެ މެޔަށް ތަދެއް އެރިއިރު ކާރުގައި ދެން ތިބި ދެ މީހުންގެ އަތަށާއި ފަޔަށް ތަދުވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. އެއީ ޗައިނާގެ ދެ މީހުންނެވެ. އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ނުވެއެވެ.

މީގެކުރިން ހުޅުމާލޭގައި ބަހެއް ވެސް ޑްރައިވަރު ނިދި ޖެހުމުގެ ސަބަބުން އެކްސިޑެންޓްވިއެވެ. އެ އެކްސިޑެންޓްގައި ޓޫރިސްޓަކު މަރުވިއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *