މިއަހަރުގެ ފުރަތަމަ ފަސްމަސް ދުވަހުގެތެރޭ ރެމިޓެންސް ޓެކްސްގެ ގޮތުގައި ދައުލަތަށް 44.5 މިލިއަން ރުފިޔާ ލިބިއްޖެއެވެ.
ރެމިޓެންސް ޓެކްސްއަކީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުން މުސާރައިގެ ގޮތުގައި ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާއިން ނަގާ ޓެކުހެކެވެ.
ފިނޭންސް މިނިސްޓްރީން ކޮންމެ ހަފްތާއަކު އާއްމުކުރާ ފިސްކަލް ރިޕޯޓްގައިވާގޮތުން މިއަހަރުގެ މޭމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ރެމިޓެންސް ޓެކްސްގެ ގޮތުގައި 44.5 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.
މިއަހަރުގެ ފުރަތަމަ ހަތަރުމަސް ދުވަސް ނިމުނު އިރު ދައުލަތަށް ރެމިޓެންސް ޓެކްސްގެ ގޮތުގައި ލިބިފައިވަނީ 35 މިލިއަން ރުފިޔާއެވެ. ރެމިޓެންސް ޓެކްސް ނަގަން ފަށާފައިވަނީ 2016 ވަނަ އަހަރުގެ ތެރޭގައެވެ. ރެމިޓެންސް ޓެކުހުގެ ގޮތުގައި ނަގަނީ ބިދޭސީ މުވައްޒަފުން މުސާރައިގެ ގޮތުގައި ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާއިން ތިން އިންސައްތައެވެ