ސްރީލަންކާގައި، އޭޕްރީލް މަހުގެ 21 ވަނަ ދުވަހު ދިން ބޮމުގެ ހަމަލާތަކާއި ގުޅިގެން، އެގައުމުގައި މޫނު ފޮރުވޭ ގޮތަށް އަންނައުނު ލައި އުޅުން މަނާ ކުރި ގާނޫނުގެ ދަށުން، ސައިކަލް ދުއްވާ މީހުންނަށްވެސް މުޅި މޫނު ފޮރުވޭހެން ހެލްމެޓް އެޅުންވެސް މަނާކޮށްފިއެވެ.

ސްރިލަންކާގެ އެޓާރނީ ޖެނެރަލް ވަނީ އެގައުމުގެ  ފުލުހުންގެ އިސްވެރިންނަށް އެގޮތަށް، މޫނު އެއްކޮށް ފޮރުވޭ ގޮތަށް ހެލްމެޓް އަޅައިގެން އުޅޭ މީހުން ހިފަހައްޓައި ހައްޔަރުކުރުމަށްފަހު، މޫނު ނުފެންނަ ގޮތަށް ހެދުން އެޅުމުގެ ގާނޫނާއި ހިލާފުވި ކަމުގެ ދައުވާ ކުރުމަށް އަންގާފައެވެ.

ސްރިލަންކާގައި ދިން ބޮމުގެ ހަމަލާތަކަށް ފަހު އެގައުމުގައި ކާކުކަން ނޭނގޭގޮތަށް އުޅުން ވަނީ މަނާކޮށްފައެވެ. އެގައުމުގައި ވަނީ މޫނު ބުރުގާ އެޅުންވެސް މަނާކޮށްފައެވެ.

ސްރިލަންކާގައި ދިން ބޮމުގެ ހަަމަލާތަކުގައި ވަނީ 250 އަށްވުރެ ގިނަ މީހުން މަރުވެ އެތައް ސަތޭކަ މީހުންނެއް ޒަހަމް ވެފައެވެ.

ނިރުބަވެރި ބޮމުގެ ހަމަލާތަކަށް ފަހު ވަނީ އެގައުމުގެ ސަލާމަތީ ފިޔަވަޅުތައް ވަރަށް ވަރުގަދަ ކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *