މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އިމާރާތްކުރުމުގެ ސިނާއަތަށް ރާއްޖެއަށް އެތެރެކޮށްފައިވާ ތަކެތީގެ އަދަދު ދަށަށް ހިގައްޖެއެވެ. 

މަރުކަޒީ ބޭންކު، އެމްއެމްއޭއިން ނެރެފައިވާ މިއަހަރުގެ ފުރަތަމަ ކުއާޓަރގެ އިކޮނޮމިކް ބުލެޓިންގެ ރިޕޯޓުގައިވާ ގޮތުން އިމާރާތްކުރުމުގެ ސިނާއަތަށް އެތެެރެކޮށްފައިވާ ތަކެތީގެ އަދަދު ދަށްވި ނަމަވެސް، އިމާރަތްކުރުމުގެ ސިނާއަތަށް ބޭންކުތަކުން ދޫކޮށްފައިވާ ލޯނުގެ އަދަދުވަނީ އިތުރުވެފައެވެ. އެގޮތުން ބޭންކުތަކުން އިމާރަތްކުރުމުގެ ސިނާއަތަށް ދޫކޮށްފައިވާ ލޯނު ތަކުގެ އަދަދު މި މުއްދަތުގައި ވަނީ 17 އިންސައްތަ އިތުރުވެފައެވެ.

އިމާރަތްކުރުމުގެ ސިނާއަތަަށް އެތެރެކޮށްފައިވާ ތަކެތީގެ ތެރޭގައި ހިމެނޭ ލަކުނޑި، ދަގަނޑު، ސިމެންތި އަދި އެހެނިހެން ތަކެތީގެ އަދަދު ހުސްވި އަހަރުގެ ފުރަތަމަ ކުއާޓަރާއި އަޅާ ބަލާއިރު ވަނީ 21 އިންސައްތަ ދަށަށް ގޮސްފައެވެ.

އެމްއެމްއޭ ރިޕޯޓުގައި ބުނެފައިވަނީ ހުސްވި އަހަރުގެ ފަހު ކުއާޓަރުން ފެށިގެން ރާއްޖެއަށް އެތެރެކުރާ އިމާރަތްކުރުމުގެ ސިނާތުގައި ބޭނުންްކުރާ ތަކެތީގެ އަދަދު ދައްވާން ފަށާފައިވާ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *