މުމްބާއި: މިދިޔަ ވަނަ އަހަރުގައި ދުނިޔޭގެ އެންމެ ކާރު ބާރު ސިޓީގެ ގޮތުގައި މުުމްބާއި ވެއްޖެއެވެ.
އިންޑިއާގެ ނޫހެއް ކަމަށްވާ މިރޯ ނިއުސްއިން ލިޔެފައިވާ ރިިޕޯޓެއްގައި ވާގޮތުން މުމްބާއި އެންމެ ކާރު ބޮޑު ސިޓީއަށް ވާއިރު އެ ގައުމުގެ ވެރި ރަށްކަމަށްވާ ދިއްލީ ވަނީ އެ ލިސްޓްގެ ހަތަރު ވަނައިގައެވެ.
ފާހަގަކޮށްލަންޖެހޭ ގޮތުގައި އެ ލިސްޓަކީ ދުނިޔޭގެ ހުރިހާ ގައުމުތަށް ހިމަނައިން ހަދާފައިވާ ލިސްޓެކެވެ.
އެގޮތުން 30 މިނިޓްގެ ދަތުރަކަށްވެސް ޓްރެފިކްގެ ސަބަބުން އިތުރު 24 މިނިޓް ނަގާ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ.
އެގޮތުން އެ ގައުމުގައި ޓްރެފިކް މައްސަލަ އެންމެ ބޮޑުވެފައިވާ ކަމަށް ރިޕޯޓްކޮށްފައިވަނީ މިދިޔަ އަހަރުގެ މާރިޗް 2 އިން ހަމަ އެ އަހަރުގެ އޮގަސްޓް 21ގެ ނިޔަލަށެވެ.
އަދި ޓްރެފިކްގެ އެކި މައްސަލަތައް ދުވަހެއް ދުވަހަކަށް އިތުރު ވަމުން އަންނަކަން ފާހަގަކޮށް ވީހާވެސް އަވަހަށް އެ ކަމަށް ހައްލެއް ގެނައުމަށް ގައުމުތަކުން މަޝްވަރާގެ މަޖިލީސްއަށް އަންނަންޖެހޭކަން އެ ރިޕޯޓުގައި ފާހަގަކޮށްފައެވެ.