ނީލަމުގެ އުސޫލުން ތައްގަނޑާއި ސޮއި ވިއްކާ ބަޔަކާއި އެކު އިސްލާހު ނުކުރެވޭނެ ކަމަށް ކެންދޫ ދާއިރާގެ މެންބަރު އަދި ޤާނޫނީ ވަކީލް އަލީ ހުސެއިން ވިދާޅުވެއްޖެއެވެ. 

އަލީ ހުސެއިން މިހެން ވިދާޅުވީ، މީގެ ކުޑައިރުކޮޅެއް ކުރިން އޭނާ ކުރެއްވި ޓްވީޓެއްގައެވެ.

އަލީ ހުސެއިންގެ ޓްވީޓުގައި ވަނީ ފުލުހުންނާއި، ޕީޖީ އަދި ފަނޑިޔާރުގެއަށް ނިސްބަތްވާ ގޮތައް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އެގޮތުން ޤައިރު ގާނޫނީ، އަމުރުތަކަށް ތަބާވާ، ރައްޔިތުންނަށް އަނިޔާކުރަން ދަސްވެފައިތިބި ބަޔަކާއި، ވިދާޅުވީމައި ވިދާޅުވާ ގޮތަކަށް، ދައުވާކޮށްކޮށް ތިބި ބަޔަކާއި ލައިގެން އިސްލާހު ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެެވެ.

"ޤައިރު ގާނޫނީ، އަމުރުތަކަށް ތަބާވާ، ރައްޔިތުންނަށް އަނިޔާކުރަން ދަސްވެފައިތިބި ބަޔަކާއި، ވިދާޅުވީމައި ވިދާޅުވާ ގޮތަކަށް، ދައުވާކޮށްކޮށް ތިބި ބަޔަކާއި، ނީލަމުގެ އުސޫލުން ނުވަތަ ގަންނަ ބިރުން ތައްޤަޑުޖަހާ ސޮއިކުރަން އާދަވެފައި ތިބި ބަޔަކާއި އެކު އިސްލާހު ނުކުރެވޭނެ" އަލީ ހުސެއިންގެ ޓްވީޓުގައިވެއެވެ.

އަލީ ހުސެއިން އަބަދުވެސް ފާހަގަވެފައި އޮންނަނީ، ފަނޑިޔާރުގެ އިސްލާހު ކުރުމަށް ވަކާލާތު ކުރާ ބޭފުޅެއްގެ ގޮތުގައެެވެ. އެގޮތުން 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އެންމެ މުހިންމު މަސައްކަތަކަށްވާނީ، ފަނޑިޔާރުގެ އިސްލާހުކުރުން ކަމަށް މީގެ ކުރިން އަލީ ހުސެއިން ވަނީ ވިދާޅުވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *