ހުޅުމާލޭ ގެއަކުން ތިން ކިލޯގެ މަސްތުވާތަކެއްޗާއި އެކު ހައްޔަރުކުރި ދެމީހުން ތިންވަނަ ފަހަރަށް އަނެއްކާވެސް ކޯޓް އަމުރެއްގެ ދަށުން ހައްޔަރުކޮށްފިއެވެ.

މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ، ކޯޓެއް އަމުރެއްގެ ދަށުން އެމީހުން ތިންވަނަ ފަހަރަށް ހައްޔަރުކުރީ ރޭގެ މެންދަމުގެ ވަގުތެއްގައި އެމީހުން ހުޅުމާލޭގައި ދިރިއުޅުމެންދިޔަ ގެއިން ކަމަށެވެ.

ހުޅުމާލޭ ގެއަކުން ހޯމަ ދުވަހުގެ ރޭ ވަގުތެއްގައި ތިން ކިލޯ މަސްތުވާތަކެއްޗާ އެކު ހައްޔަރުކުރީ 25 އަހަރުގެ ފިރިހެނަކާއި 52 އަހަރުގެ އަންހެނެކެވެ. ނަމަވެސް އެގެ ފާސްކުރުމަށާއި މީހުން ހައްޔަރުކުރަން ހުޅުމާލޭ ކޯޓުން ނެރުނު އަމުރުގައި ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނާ ކަންކަން ފުރިހަމަވެފައި ނެތުމުން ކްރިމިނަލް ކޯޓުން އެ މީހުން އިއްޔެ ދޫކޮށްލީ ވެސް ޝަރީއަތް ނިމެންދެން ބަންދުކޮށްދިނުމަށް އެދި ކްރިމިނަލް ކޯޓަށް އެ މީހުން ހާޒިރުކުރުމުންނެވެ.

މިއަދު އެ މީހުން ދޫކޮށްލީ، ރޭ އެ މީހުން ހައްޔަރުކުރުމުގެ އަމުރަށް އެދުނު ފުލުސް އޮފިސަރު ނޫން އެހެން ފުލުހަކު ބަންދުގެ އަމުރަށް އެދުމުން، އެއީ ޖިނާއީ އިޖުރާއަތުގެ ގަވައިދުގެ އަށް ވަނަ މާއްދާއާ ހިލާފް ކަމެއްގެ ގޮތުގައި ބަލައިފަ އެވެ. އެ މާއްދާގައި ބުނަނީ ބަންދުގެ މުއްދަތު އިތުރުކޮށްދޭން އެދެންވާނީ އެ މައްސަލައެއް ތަހުގީގު ކުރުމާ ހަވާލުވެ ހުރި ފަރާތް ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *