ރައީސް އިބްރާހިމް މުހައްމަދުގެ މިސްކިތު ފްރެންްޑްގެ ގޮތުގައި މަޝްހޫރުވި އުމުރުން އެންމެ ހަ އަހަރުގެ އަހުމަދު މަލީކް ވަހީދު އަކީ މިއަދު އެތައް ދިވެހިންނެއްގެ ލޯބި ހޯދައިފައިވާ ކުއްޖެކެވެ. ތަފާތު ނަސޭހަތްތަކާއި އެކު އެކި ފަހަރު މަލީކް ދިވެހިންނާއި ބައްދަލުކުރާއިރު މިފަހަރު މަލީކް ބައްދަލުކުރީ ވަރަށް ތަފާތު ނަސޭހަތަކާއިގެންނެވެ.

މަލީކް މިފަހަރު ދިވެހިންނަށް ދިން މެސެޖަކީ އިސްލާމްދީނުގެ ތަނބުކަމުގައި ނަމާދަށް ފަރުވާތެރިވުމަށެވެ. އަދި ހާއްސަ ގޮތެއްގައި ޖަމާއަތުގައި ނަމާދު ކުރުމަށް ސަމާލުކަން ދިނުމަށް މަލީކް ވަނީ އެދިފައެވެ. ނަމާދަށް ރައްކާތެރިވުމަށް ނަސޭހަތްދޭ މަލީކްގެ ވީޑިއޯއެއް މީސް މީޑިއާގައި ވައިރަލްވެފައިވާއިރު، ގިނަ ބައެއްގެ ސަމާލުކަމަށް ވަނީ އެ ވީޑިއޯ އައިސްފައެވެ.

"ހުރިހާ އެންމެންވެސް ތިބެން ޖެހޭނީ ނަމާދު ގަޑިއަށް ސަމާލުވެގެން، އެެހެން ނޫނީ ޖަމާއަތް ގެއްލިދާނެ" ވީޑިއޯގައި މަލީކް ބުނެއެެވެ.

މަލީކް އަކީ ޤައުމީ ވަންތަ ކުއްޖެކެވެ. ޤައުމީ ކަންކަމަށް ހާއްސަ އަހައްމިއްޔަތުކަމެއްދޭ ކުއްޖެކެވެ. އަދި އޭނާއަކީ ނަމާދުކުރުމާއި ކަންކަމުގައި އިސްނެގުމުގައި އެހެން ކުދިންނަށް ހުރި ނަމޫނާއެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *