ތިން ކިލޯގެ މަސްތުވާތަކެއްޗާއެކު މިދިޔަ ހޯމަ ދުވަހު ހުޅުމާލެއިން ހައްޔަރުކުރި ދެ މީހުންގެ މައްސަލާގައި ފުލުހުން އަމަލު ކޮށްފައިވަނީ ޤާނޫނީ އިޖުރާތްތަކާއި ޚިލާފަށް ކަމަށް ކްރިމިނަލް ކޯޓުން ހާމަކޮށްފިއެވެ.

މިރޭ ކުރިމިނަލް ކޯޓުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެ މައްސަލާގައި އެ ދެ މީހުން ދޫކޮށްލުމަށް ކުރިމިނަލް ކޯޓުން އަމުރު ކުރީ ފުލުހުން އެމައްސަލާގައި އަމަލުކޮށްފައިވަނީ ޖިނާއީ އިޖުރާއަތްތަކާ ހިލާފަށް ކަމަށެވެ. އަދި އެ ހަބަރު ފުލުހުން މީޑިއާއަށް ފޯރުކޮށްދިނީ އެއްވެސް ޒިންމާދާރު ކަމެއް ނެތި، ޝަރުއީ ދާއިރާގެ ތަސައްވުރު ނުބައިވާ ގޮތަށް ކަމަށެވެ. 

ގާނޫނާ ހިލާފަށް އޮތް އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ މީހެއްގެ ބަންދު އިތުރު ކުރުމަކީ ގާނޫނު ހުއްދަ ކުރާ ކަމެއް ނޫން ކަމަށާއި އެއީ މުއާހަދާތައް ވެސް މަނާ ކުރާ ކަމެއް އެ ބަޔާނުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން ކުރިމިނަލް ކޯޓުން ބުނީ އަލުން އެ ދެ މީހުން ހައްޔަރުކޮށްވެސް އިޖުރާއަތްތައް ފުރިހަމަ ނުކޮށް ފުލުހުން އަމަލު ކުރަމުންދާ ސުވާލު އުފެދޭ ކަންތަކެއް ހުރުމާއިި އެކު، ކަމާބެހޭ މުއައްސަސާތަކާއި އާންމުންގެ ސަމާލު ކަމަށް އެކަންތައް ގެންނަ ކަމުގައިިވެސް އެބަޔާނުގައި ބުނެފައިވެއެވެ. 

އަދި މި މައްސަލާގައި ހައްޔަރުކުރި އަންހެން މީހާއަކީ ތުހުމަތެއް ނެތި ހައްޔަރުކޮށްފައިވާ މީހެއް ކަމަށް ފުލުހުން ޝަރީއަތުގައި ބުނެފައިވާ ކަމަށާއި އޭނާ ހައްޔަރުކޮށްފައިވަނީ އޭނާގެ ދަރިފުޅު، ހާދިސާއިން ފެނުނު މަސްތުވާތަކެއްޗަށް ޒިންމާ ނަގާފައިނުވާތީ ކަމަށް ކުރިމިނަލް ކޯޓުން ބުންޏެވެ. އަދި ހަމައެހެންމެ، މަޖުބޫރުކޮށްގެން ހެކި ހޯދުމާއި އެފަދަ ހެކި ބަލައިގަތުން ގާނޫނު މަނާކުރަންކަން ކަމަށްވެސް އެ ބަޔާނުގައިވަނީ ފާހަގަކޮށްފައެވެ. 

މީގެ އިތުރުން ފުލުހުން އަަމަލު ކުރަމުންގެންދަނީ ޖިނާއީި އަދުލުގެ ނިޒާމްގެ ތަރުތީބު މުގުރިގެންދާ ގޮތަށްކަން ފާހަގަކޮށް އެ ބަޔާނުގައި ބުނެފައިވަނީ ޝަރީއަތްކުރުމާއި ބެހޭ ގޮތުން ހަދާފައިވާ ޖިނާއީ އިޖުރާތްތަކުގެ ގަވާއިދުގެ 20ވަނަ މާއްދާއިން ސާފުކޮށް އިނގޭ ކަމަށާއި، ނަމަވެސް ކޯޓުތަކުން ނިންމާ ނިންމުންތައް އިސްތިއުނާފްކުރުމުގެ ބަދަލުގައި ހަމަ އެ އަމަރުހަލާގެ އެހެން ކޯޓުތަކަށް އެއްކަމެއްގައި ގޮތް ނިންމަން ހުށަހެޅުމަކީ، ގާނޫނުތަކާއި ޚިލާފު ކަމެއް ކަމަަށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *