މަޝްހޫރު ލަވަކިއުންތެރިޔާ ރިހާނާއަކީ އަބަދުވެސް އެހެން ފަންނާނުންނާއި ޚިލާފަށް ގިނަ ތޮފިތަކެއް ގެންގުޅޭ މީހެއްކަން ނޭގޭ ބައެއް މަދުވާނެއެެވެ. ދާދި ފަހުން ރިހާނާ ވަނީ "ފެންޓީ ބިއުޓީ"ގެ ނަމުގައި އޭނާގެ އަމިއްލަ ފެޝަން ލައިންއެއްވެސް ލޯންޗްކޮށްފައެވެ.

މަޝްހޫރު ލަވަކިޔުންތެރިއެއްގެ އިތުރުން އުމުރުން 31 އަހަރުގެ މި ޒުވާނާއަކީ ދުނިޔޭގެ ނިސްބަތުން ބަލާނަމަވެސް އަންހެން ލަވަކިޔުންތެރިއަކަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ ފަރާތެވެ. 

އެމެރިކާގެ އަންހެން ލަވަކިޔުުންތެރިން ހިމަނައިން އެންމެ ބޮޑު އާމްދަނީއެއް ލިބޭ ފަރާތެއް ބެލުމަށް ފޯބްސް މެގަޒިންއިން ހެދި ލިސްޓްގެވެސް އެންމެ ކުރީގައިވަނީ ރިހާނާއެވެ. އޭނާއަށް އަހަރެއްގެ މައްޗަށް ޖުމްލަ މިލްކިއްޔާތުގެ ގޮތުގައި 600 މިލިއަން ޑޮލަރާއި ގާތްކުރާ އާމްދަނީއެއް ލިބެއެވެ.

ރިހާނާއަށް މިވަރުގެ ބޮޑު އާމްދަނީއެއް މި ލިބެނީ އޭނާގެ ވަރަށް ބުރަ މަސައްކަތާއި ގިނަ ފަރާތްތަކެއްގެވެސް އެހީ އާއި އެކުގައެވެ.

ރިހާނާއަކީ އަބަދުވެސް ދުނިޔޭގެ މަޝްހޫރު ބޮޑެތި ކޮމްޕެނީތަކާއި ގާތް ގުޅުމެއް ބާއްވަމުން އަންނަ މީހެކެވެ. އެ ގޮތުން ބަލާއިރު އޭނާ 2017ގައި ނެރުނު ފެންޓީ ބިއުޓީގެ ކޮސްމެޓިކް ލައިނާ ނެރެފައިވަނީ މުޅި ދުނިޔޭގެ މަގުބޫލުކަން ހޯދާފައިވާ އެލް.ވީ.އެމް.އެޗް އާއި އެކުގައެވެ. ފެންޓީ ބިއުޓީގެ ނަމުގައި ލޯންޗު ކުރި އެ ބިއުޓީ ލައިންގައި 40 ޝޭޑްގެ ފައުންޑޭޝަން ހިމެނެއެވެ. ފާހަގަކޮށްލަންޖެހޭ ގޮތުގައި އޭނާގެ ކޮސްމެޓިކް ލައިން ރަނގަޅަށް ހިނގަން ފެށިތާ މިވީ 15 މަސްތެރޭ އެކަނިވެސް ރިހާނާއަށް ވަނީ އާމްދަނީގެ ގޮތުގައި 570 މިލިއަން ޑޮލަރ ލިބިފައެވެ. 

މީގެ އިތުރުން އޭނާގެ އެންމެ ފަހުގެ ފެޝަން ލައިނާއިން ރިހާނާގެ އާމްދަނީ އަދި މިހާރަށްވުރެ ދެގުނަ އިތުރުވެގެންދާނެ ކަމަށް ބެލެެއެވެ. 

2016 ވަނަ އަހަރު ރިހާނާ ވަނީ ޕޫމާ ބްރޭންޑާ ގުޅިގެން ކޮންޓެމްޕޮރަރީ ކްލޯތިން ލައިނެއް ސްޕޯޓްސް ވެއާއާ އެކު ލޯންޗުކޮށްފައެވެ. އެ ލައިނަށް ކީ ނަމަކީ ފެންޓީ އެކްސް ޕޫމާ އެވެ. މި ކަލެކްޝަން ވަނީ ނިއު ޔޯކް ފެޝަން ވީކު އަދި ޕެރިސް ފެޝަން ވީކުގައި ވެސް ދައްކައިލައިފައެެވެ.

މީގެ އިތުރުން 2017 ވަނަ އަހަރު ރިހާނާގެ ބިއުޓީ ކަލެކްޝަންވެސް ވަނީ ލޯންޗުކޮށްފައެވެ.  އަދި 2018 ވަނަ އަހަރު ރިހާނާގެ ލިންޖަރީ ބްރޭންޑް "ސަވޭޖް އެކްސް ފެންޓީ" ވެސް ވަނީ ލޯންޗު ކޮށްފެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *