ތ. ތިމަރަފުށީގައި އުޅޭ ނުކުޅެދުންތެރިކަން ހުންނަ މީހެއްގެ ފޮށި ފަޅާލައި ވައްކަންކުރި މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ފައިސާ އޭގެ ވެރިފަރާތާ ހަވާލުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ މި ވައްކަން ކޮށްފައިވަނީ ރޭގެ ފަތިހު 5:30 ހާއިރުކަމަށެވެ. އަދި އެ ފޮށިން ވަގަށް ނަގާފައިވަނީ 2،785ރ.ކަމަށާއި, އެ ފައިސާ ވައްކަން ކުރި ކަމަށް ތުހުމަތު ކުރެވޭ މީހާ އަތުން ހޯދައިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
ފަހަކަށް އައިސް ބޮޑެތި އަދަދުތަކުން ވައްކަން ކުރުމާއި ފޭރުމުގެ މައްސަލަތައް އަންނަނީ އިތުރުވަމުންނެވެ.