ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރަށް ފުލުހުން ދެމުން އަންނަ ސެކިއުރިޓީ އެ ގޮތުގައި ދަމަހައްޓަން ޖެހޭތޯ ބަލައި މުރާޖައާ ކުރަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުންގެ މިއަދު ވިދާޅުވީ، އުމަރަށް ސެކިއުރިޓީ ދެމުން އަންނަނީ އޭނާއަށް އިންޒާރު ދިން މައްސަލައަކާ ގުޅިގެން ކަމަށެވެ. ނަމަވެސް މިހާރު އޭނާއަށް ސެކިއުރިޓީ ދޭން ޖެހޭތޯ ބަލައި ސެކިއުރިޓީ ރިވިއުކުރަމުން އަންނަ ކަމުގައި ފުލުހުން ވަނީ ބުނެފައެވެ.

އުމަރު ނަސީރަށް ބަޔަކު މަރުގެ އިންޒާރު ދިން މައްސަލަ ފުލުހަށް ހުށަހެޅީ 2016 ވަނަ އަހަރުގައެވެ. ހޯމް މިނިސްޓަރުކަމުން އިސްތިއުފާ ދެއްވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހިނގި އެހާދިސާއާ ގުޅިގެން އޭރު އުމަރު ވިދާޅުވީ އޭނާއަށް އިންޒާރު ދިނީ ގޭންގަކަށް ނިސްބަތްވާ ބަޔަކު ކަމަށެވެ.

އުމަރު ނަސީރަށް އެއިރުއްސުރެ ފުލުހުން އަންނަނީ ސެކިއުރިޓީ ދެމުންނެވެ.

އުމަރު ނަސީރުގެ ހޯމް މިނިސްޓަރު ކަމުގައި ވަނީ މާލޭގެ ގޭންގްތަކާއި ދެކޮޅަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ނުރައްކާތެރި ކުއްވެރީންގެ ފައިގައި ޓެޑް އަޅުވައި އެ މީހުން އުޅޭ ނޫޅޭ ގޮތް ވަނީ ބަލާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *