މާލޭގައި މިއަދު ހިންގި މާރާމާރީއެއް ހުއްޓުވަން ދިޔަ ފުލުހުންނަށް ހަމަލާދީފި އެވެ.

ފުލުހުން ބުނީ މިއަދު ހަވީރު 4:15 އެހާކަށް ހާއިރު ޝަހީދު އަލީ ގޯޅިތެރޭގައި މާރާމާރީ ހިންގީ ތިން މީހެއް ކަމަށާއި، އެ ތިން މީހުން ވެސް މިހާރު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެ މާރާމާރީ ހުއްޓުވުމަށް އެތަނަށް ދިޔަ ފުލުހުންނަށް ހަމަލާ ދިނީ މީގެ ތެރެއިން އެކަކު ކަމަށެވެ.

މާރާމާރީ ހިންގި ހުރިހާ އެންމެންވެސް ތިބީ މަސްތުގެ ހާލުގައި ކަމަށާއި، އެ މީހުންގެ ތެރެއިން އެކަކަށް އަނިޔާވެގެން ހޮސްޕިޓަލުން ފަރުވާ ދިން ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މައްސަލައިގައި ހައްޔަރު ކުރީ 22 އަހަރުގެ ދެ ފިރިހެނުންނާއި 18 އަހަރުގެ ފިރިހެނެކެވެ.

ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *