ކުޅިވަރު
ބައިނަލްއަގްވާމީ ދެވަނަ ބިލިއަޑް މުބާރާތް ބާއްވަނީ

މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ ބައިނަލްއަގްވާމީ ބިލިއަޑް މުބާރާތް “މޯލްޑިވްސް އޯޕަން 2024” ޖޫން މަހު ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.

މިއީ މޯލްޑިވްސް އޯޕަން ބިލިއާޑް މުބާރާތް ބާއްވާ ދެވަނަ އަހަރެވެ. އެގޮތުން މިދިޔަ އަހަރު ބޭއްވި މުބާރާތުގައި 24 ގައުމަކުން 64 ކުޅުންތެރިން ވަނީ ވާދަކޮށްފަ އެވެ.

އަންނަ ޖޫން މަހުގެ 10 އިން 14 ގެ ނިޔަލަށް ބާއްވާ މި މުބާރާތް ރަސްމީކޮށް ލޯންޗުކޮށްފައި ވަނީ މިއަދު ބިލިއަޑް ހޯލްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނެސް އެންޑް ރެކްރިއޭޝަން ޑރ. އަބްދުﷲ ރާފިއު އެވެ.

ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައިވާ 5 ކުޅުންތެރިންނާއެކު، މި މުބާރާތުގައި ތަފާތު އެކި ގައުމުތަކުން ބައިނަލްއަގުވާމީ ފެންވަރުގެ 80 ކުޅުންތެރިން އަދި ރާއްޖޭގެ 16 ކުޅުންތެރިން ވާދަކުރާނެ އެވެ. ދުނިޔޭގެ ރޭންކިންގެ އެންމެ ކުރީގައި އުޅޭ ކުޅުންތެރިންނާއެކު، ޔޫރަޕުގެ ކުޅުންތެރިން ހިމެނޭހެން އޭޝިއާގެ އެންމެ މޮޅު ކުޅުންތެރިން މި އަހަރުގެ މުބާރާތުން ފެނިގެންދާނެ އެވެ.

މިދިޔަ އަހަރު ބޭއްވި މޯލްޑިވްސް އޯޕަންގެ ޗެމްޕިއަންކަން ހޯދީ ޗައިނީސް ޓައިޕޭގެ ކޯ ޕިން ޗަންގް އެވެ. އޭނާ ޗެމްޕިއަންކަން ހޯދީ ފައިނަލް މެޗުގައި ފިލިޕީންސްގެ ޔޯހަން ޗުއާއާ ވާދަކޮށް 10-8 ފްރޭމުން މެޗު ކާމިޔާބުކޮށްގެން ނެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top