ލަންކާގައި މުސްލިމުންނަށް އަމާޒުކޮށް ދެމުންގެންދާ ހަމަލާތަކާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް، ހަމަލާތައް ހުއްޓުވަން ލަންކާގެ ސަރުކާރުން އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އަޅަން، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ މަންދޫބުން ގޮވާލައްވައިފިއެވެ.

އޯއަސީގެ މެމްބަރު ގައުމުތަކުން އަންގާރަ ދުވަހު ނެރުނު ގުޅިފައިވާ ބަޔާނުގައި ބުނެފައިވަނީ، ފާއިތުވި ދުވަސްތަކުގައި ހިނގައިދިޔަ ހާދިސާތަކުގެ ސަބަބުން ލަންކާގެ މުސްލިމުންގެ ސަލާމަތާ ރައްކާތެރިކަމާ ދޭތެރޭ ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ. އަދި މި ހާލަތުގައި ލަންކާގެ މުސްލިމުންނަށާއި، އެ މީހުންގެ ވިޔަފާރިތަކަށް އޮތް ނުރައްކާ ބޮޑު ކަމަށާއި އެކަންކަމުން އާހިރުގައި ނިކުމެދާނެ ގޯސް ނަތީޖާއަކާ މެދު ކަންބޮޑުވާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ. އޭގެ އިތުރުން، ހަމަލާދިން މީހުންގެ ދީނީ އަދި ސިޔާސީ ނުފޫޒަކަށް ބެލުމެއް ނެތި، އެ މީހުންނާ ދެކޮޅަށް އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އަޅަން ލަންކާގެ ސަރުކާރަށް ބާރު އަޅާފައި ވެއެވެ.

އޯއައީސީގެ ބަޔާން ނެރެފައި ވަނީ، ލަންކާ ސަރުކާރުގައި ތިއްބެވި ހުރިހާ މުސްލިމް މިނިސްޓަރުން އިސްތިއުފާ ދެއްވާފައި ވަނިކޮށެވެ. އެމީހުން އިސްތިއުފާ ދިނީ، މުސްލިމް މިނިސްޓަރަކާއި ދެ ގަވަރުނަރަކު އިސްތިއުފާ ދޭން ގޮވާލާ ބުދިސްޓު ހާމުދުރަކު ކުރި ބަނޑުހައި ހޫނުކަމުގެ ހަޅުތާލަކާއި ގުޅިގެންނެވެ. ހޯމަ ދުވަހު އޭނާގެ ހަޅުތާޅު ހުއްޓާލާފައިވާ އިރު، އޭނާއަށް ތާއީދުކޮށް ލަންކާގެ އެކި ކަންކޮޅުތަކުގައި ހިނގާލުންތައް ބާއްވާފައި ވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *