ދިވެހިރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އަންހެނުންގެ އަދަދު، އެ ސިނާއަތުގައި ހަރަކާތްތެރިވާ ފިރިހެނުންނަށް ވުރެ އިތުރު ކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، ރާއްޖޭގައި ދަނޑުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ މީހުންގެ 53 އިންސައްތައަކީ އަންހެނުންނެވެ. އަދި އެ ސިނާއަތުގައި ހަރަކާތްތެެރިވަނީ 47 އިންސައްތަ ފިރިހެނުންނެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ދަނޑުވެރިކަމުގެ ދަފްތަރުގައި ޖުމްލަ 7000 ދަނޑުވެރިން ވަނީ ރަޖިސްޓްރީކޮށްފައެވެ.

ރާއްޖޭގެ މަސައްކަތުގެ މާހައުލުގައި އަންހެނުން ބާރުވެރިކުރުމަކީ މި ސަރުކާރުގެ އަމާޒެކެވެ. އެގޮތުން އަންހެނުން ދަނޑުވެރިކަމުގެ ސިނާއަތަށް އަހުލުވެރިކުރުވާ އެމީހުންގެ ބައިވެރިވުން އެ ސިނާއަތުގައި އިތުރުކުރުމަށް މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިންއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ސަރުކާރުން އުފައްދާފައިވާ އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން، އެސްޑީއެފްސީން ދަނޑުވެރިންނަށް އަމާޒުކޮށްގެން ދޫކުރާ ދަނޑުވެރިކަމުގެ ލޯނު ފާހަގަކޮށްލެވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *