ރޭ މާލެ ފަރީދީ މަގުން ހިނގާފަދިޔަ ބިދޭސީއެއްގެ އަތުން ފޭރިގަތް ފޯނެއް ފުލުހުން ހޯދައިފިއެވެ.
މީޑިއާތަކަށް މައުލޫމާތު ދެއްވަމުން، ފުލުހުން ވިދާޅުވީ، ރޭ 21:10 ހާއިރު، ފަރީދީ މަގުން ހިނގާފަދިޔަ ބިދޭސީއެއްގެ ފޯނު ފޭރިގަނެގެން އެމައްސަލަ ފުލުހަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، އެ ބިދޭސީ މީހާގެ އަތުން ފޭރިގަނެފައިވާ ކަމަށް ބެލެވޭ ފޯން މިއަދު ހެނދުނު 9:25 ހާއިރު ސިނަމާލެ ބްރިޖު ދަށުގައި ފޮރުވާފައި އޮއްވައި ފެނިފައިވާ ކަމަށެވެ.
އެމައްސަލައާއި ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރެއް ނުކުރެއެވެ. ފުލުހުން ދަނީ މިހާރު އެމައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.