އެންމެ އިހު ޒަމާނުއްސުރެންވެސް ކަޅު ސަޔަކީ ދިވެހިންގެ ލެއާއި ގުޅިލާމެހިފައިވާ ބުއިމެކެވެ. ކޮންމެ ގަޑިޔަކަށްވެސް ހަމަ ހެޔޮ ވަރުގެ ބުއިމަކަށް ވެފައިވާ މި ކަޅުސަޔަކީ އޭގައި ސީއްޙީ ގޮތުން އެތަށް ގިނަގުނަ ފައިދާތަކެއް އެކުލެވިގެންވާ ބުއިމެކެވެ.

ސަޔަކީ އޭގައި އެންޑި އޮކްސިޑެންޓް އެކުލެވިގެންވާ އެއްޗަކަށް ވާއިރު އެ މާއްދާއަކީ އުމުރުން ދުވަސް ވުމުން ދިމާވާ އުނދަގޫތަކާއި ވައި ނުސާފުވުމުން ދިމާވާ ކަންތައްތަކުންވެސް ރައްކާތެރިތެރިވުމަށް އެހީވެދޭ މާއްދާއެކެވެ.

ހާޓް އެޓޭކް އަދި ސްޓްރޯކް ޖެހުމުން ދުރުކޮށްދޭ

ހާރޓް އެޓޭކް އަދި ސްޓްރޯކް ޖެހުމުގެ ފުރުސަތު ސައިބުއިމުން ކުޑަކޮށް ދެއެވެ. ސައިބުއިމަކީ ލޭހޮޅި ތަކުގައި ލޭގަނޑުކޮޅު އުފެދުނަނުދީ ލޭހޮޅިތައް އޮމާންކަން މަތީ ދެމެހެއްޓުމަށް އެހީތެރިވެދޭ ކަމެކެވެ. 

އަދި އާންމުކޮށް ސައިބޮއި އުޅޭ މީހުންނާއި ނުބޮއި އުޅޭމީހުން ބައިވެރިކޮށްގެން ހެދި ދިރާސާއެއް ދައްކާގޮތުން ދިގުމުއްދަތަކަށް ސައިބޮއި އުޅޭމީހުންގެ ކަށިތައް ވަރުގަދަކަމަށް ވެއެވެ. އެއީ ސައިގައި ހިމެނޭ ފްލޮރައިޑް ކިޔާ މާއްދާއެއްގެ ސަބަބުން ކަމުގައި ބުނެވެއެވެ. 

މީހާ ތާޒާކޮށް ބެހެއްޓުން

ސައިބުއިމަކީ މީހާ ހާސްކަމުން ދުރުކޮށްދީ މޫނު މައްޗަށް ޗާލު ހިނިތުންވުމަކާއި ތާޒާކަން ގެނެސްދޭ ކަމެކެވެ. ގިނަ ގައުމުތަކުގައި ހެނދުނު އެންމެ ފުރަތަމަ ބޯ އެއްޗެއްގެ ގޮތުގައި ބޭނުންކުރާ އެކައްޗަކީ ވެސް ކަޅު ސައެވެ. ސަބަބަކީ އޭގައި ހިމެނޭ ކެފެއިންގެ އެހީގައި ހަށިގަނޑުގެ ގުނަންތައް ހޭލައްވައި ހަށިގަނޑަށް އާރޯކަން ގެނެސްދޭތީއެވެ.

ހަންގަނޑު އޮމާންކޮށް ބެހެއްޓުން

ހަންގަނޑު އޮމާންކޮށް ބެހެއްޓުމަށާއި އަވިން ފިހުމުން މިންޖުވުމަށްވެސް ސައި އެހީތެރިވެދެއެވެ. އަދި ހަމުގެ ކެންސަރު މިންޖުވެ ހުރުމަށް ސައި އެހީތެރިވެދެއެވެ. އެމެރިކާގެ އެރިޒޯނާ ޔުނިވަސިޓީގެ ބާހިޘުން ތަކެއް ހާމަކޮށްފައިވާ ގޮތުގައި ހޫނުކޮށް ހުންނަ ކަޅުސައި ބުއިމަކީ ''ސްކްއޭމަސް ސެލް ކާސިނޯމާ''އޭ ކިޔޭ ކެންސަރުގެ ބާވަތެއް ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭ ކަމެކެވެ. އެހެން ދިރާސާއަކުން ދައްކާފައިވާ ގޮތުގައި ފެހިސައިގައި އެކުލެވޭ މާއްދާތައް ހަންގަނޑުގައި އުގުޅާ ލޯޝަންތަކުގައި ބޭނުންކުރުމަކީ އިރުގެ އަވިން ހަންގަޑަށް ލިބޭ ގެއްލުމުން ސަލާމަތްކުރުމުގައި އެހީތެރިވެދޭ ކަމެކެވެ.

ރުޅި

މޫޑާ ހުރެ، ބައެއް ފަހަރު ފެންނަ ކޮންމެ އެއްޗެއް ދެކެ ރުޅި އާދެވެ އެވެ. އޮރެންޖް ނުވަތަ ލުނބޯ ސައިން މޫޑު ރަނގަޅުކޮށްދީ ރުޅި މަޑުކޮށްދޭނެ އެވެ. ރަހައަށްވުރެ ބޮޑަށް އޭގެ ވަހުން ތިމާއަށް ހިތްހަމަޖައްސައިދެ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *