ހުޅުމާލެއިން 3 ކިލޯގެ މަސްތުވާތަކެއްޗާއިއެކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، ކޯޓް އަމުރެއްގެ ދަށުން ދޫކޮށްލި ދެމީހުން އަނެއްކާވެސް ހައްޔަރުކޮށްފިއެވެ.
މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ، ހުޅުމާލެއިން 3 ކިލޯގެ މަސްތުވާތަކެއްޗާއިއެކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ދެމީހުން ކޯޓް އަމުރެއްގެ ދަށުން ދޫކޮށްލުމަށްފަހު، އަނެއްކާވެސް ކޯޓް އަމުރަކާއި އެކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، އެދެމީހުން ހައްޔަރުކުރީ ރޭ 3:17 ހާއިރު އެމީހުން ދިރިއުޅެމުންދާ ގެއިން ކަމަށެވެ.
ހައްޔަރުކުރި ދެ މީހުންގެ އޭގެ ތެރޭގައި 52 އަހަރުގެ އަންހެނަކު ވެސް ހިމެނޭކަމަށް ފުލުހުން ކުރިން ބުނެފައިވެއެވެ. އެ ދެ މީހުން ހައްޔަރު ކުރީ މަސްތުވާތަކެތީގެ ވިޔަފާރީ ކުރާ ކަމުގެ ތުހުމަތުގައެވެ.