ދެކުނުގެ ރަށެއްގައި ނުވަ އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގަ، ހައްޔަރުކުރި މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، ކުޑަ އަންހެން ކުއްޖާއަށް ޖިންސީ ގޯނާކުރި ކަމުގެ މައްސަލައިގަ ހައްޔަރުކުރި 71 އަހަރުގެ މީހާގެ ބަންދަށް 15 ދުވަސް އިތުރުކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ މިދިޔަ މެއި މަހުގެ 10 ވަނަ ދުވަހުގެ ރޭ 10:40 ހާއިރު މިމައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ނުވަ އަހަރުގެ ކުޑަ ކުއްޖަކަށް ޖިންސީ ހާނީއްކަ ލިބެމުންދާ ކަމަށް ބުނެ އަތޮޅު ތެރޭގެ ރަށަކުން ކަމަށެވެ.
ފުލުހުން ބުނީ މިމައްސަލަ އިތުރަށް ބެލުމުން އަންހެން ކުއްޖާ އަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތު މިކުއްޖާގެ ދެ ބޭބެއަށް ވެސް ކުރެވޭ ކަމަށެވެ. ދެ ބޭބެގެ އުމުރަކީ 13 އަހަރާއި 16 އަހަރު ކަމަށްވެސް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.