ދިވެހިންނަކީ އަބަދުވެސް އެކި މުނާސަބާތަކާއި ގުޅިގެން އެކި އެކި މަންޒިލްތަކަށް ދަތުރުކޮށްލާ ހިތް އުފާކޮށްލަން ބޭނުންވާ މީހުންނެވެ. ހާއްސަކޮށް އީދު ކަހަލަ ބޮޑު މުނާސަބާއެއްގައި މާލޭގައި ދިރިއުޅޭ މީހުން އަތޮޅުތެރޭގެ ކޮންމެވެސް މަންޒިލަކަށް ދާނެއެވެ. އަތޮޅުތެރޭގެ ރައްތަކުގައި އުޅޭ މީހުން ނަމަ އީދު ދުވަހު ބަލާނީ އަމިއްލަ ރަށް ނޫން ކޮންމެވެސް އެހެން މަންޒިލަކަށް ދިޔުމަށެވެ. އެއީ ތަފާތު ކަންކަން ތަޖުރިބާކޮށް، ތަފާތު ކަންކަމުގެ ތެރޭގައި މަސްއޫލުވެ އުޅުމަށެވެ. ހަޔާތުގައި ކުރެވޭ ދަތުރުތަކުގެ ފައްޗަށް އިތުރު ބޮޅެއް އިތުރުކޮށްލުމަށެވެ.

ރާއްޖެއަަށް އިއްޔައަކީ މިއަހަރުގެ ފިތުރު އީދު ދުވަހެވެ. މިއަހަރުގެ އީދު ރާއްޖެއަށް ފެން އީދަކަށް ވި ނަމަވެސް ކޮންމެވެސް ތާކަށް ގޮސް ނުލައި ފަރުޖައްސައެއް ނުލެވުނެވެ. ގިނަ ދިވެހިން އީދުގެ ތިން ދުވަސްކުރިއަށް ނުވަތަ އީދު ދުވަހުވެސް އެކި އެކި މަންޒިލަށް ގޮސްވައިވާއިރު އަދިވެސް ދަނީ އެކި މަންޒިލްތަކަށް ދަތުރުކުރަމުންނެވެ.

ފިތުރު އީދާއި ދިމާކޮށް ގެސްޓްހައުސްތައް ފުލްވެފައިވާއިރު، ހާއްސަ ގޮތެއްގައި މާލެ އަތޮޅުގެ ރަށްތަކުގައި ހުންނަ ގެސްޓްގައުސްތަކަށް ބާރުބޮޑެވެ. އެގޮތުން ގެސްޓްހައުސްގެ ވިޔަފާރު ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ މާފުށްޓާއި، ހިންމަފުށީގެ އިތުރުން ތޮއްޑޫގެ ގެސްޓްހައުސްތައް ފުރި ބާރުވެފައިވާ ކަމަށް އެ ރަށްތަކުގައި ގެސްޓްހައުސްގެ ވިޔަފާރި ކުރާ ފަރާތްތަކުން ބުނެއެވެ.

ގެސްޓްހައުސް އެޝޯސިއޭޝަނުން ބުނީ، އާންމުކޮށް އީދުގެ ދެހަފްތާ ނުވަތަ އެއްހަފްތާ ކުރިން ދިވެހިން ދަތުރުތަކަށް ތައްޔާރުވާ ކަމަށާއި ހާއްސަކޮށް މިފަހަރުގެ އީދުގައި، މާލެ އަތޮޅުގެ އިތުރުން ވ އަތޮޅާއި ބ އަތޮޅުގެ ގެސްޓްހައުސްތަކަށް އޮންނަ ޑިމާންޑް އިތުރުވެފައިވާ ކަމަށެވެ.

އީދާއި ދިމާކޮށް ގެސްޓްހައުސްތައް ފުލްވެފައިވާއިރު، އެންމެ ޑިމާންޑް ބޮޑުވެފައިވަނީ މާފުށީގެ ގެސްޓްހައުސްތަކަށެވެ. އެގޮތުން ކ. މާފުށީގައި އެންމެ ގިނަ ގެސްޓްހައުސް ހިންގާ އެރީނާ ގެސްޓްހައުސްއިން ބުނީ މިހާރުވެސް އެތަނުގައި ގިނަ ދިވެހިން އީދު ޗުއްޓީ ހޭދަކުރަމުން އަންނަ ކަމަށެވެ. އަދި މާފުށީގެ އެހެން ގިނަ ގެސްޓްހައުސްތައް މިހާރުވެސް ހުރީ އޮވަރ ބުކްކޮށްފައި ކަމަށް އެތަށުގައި ގެސްޓްހައުސްގެ ވިޔަފާރި ކުރާ ފަރާތްތަކުން ބުނެއެވެ.

މާފުށީގެ އިތުރުން އއ ތޮއްޑޫއާއި، އުކުޅަހާއި، ހިންމަފުށްޓާއި ރަސްދޫ ފަދަ ލޯކަލް ޓްއަރިޒަމް ކުރިއަރާފައިވާ ރަށްތަކުގެ ގެސްޓްހައުސްތަކަށްވެސް މިއީދުގައި ދިވެހިންގެ ފަރާތުން ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *