ޒިނޭކުރުމަކީ ބޮޑެތި ފާފައިގެ ތެރޭގައި ހިމެނޭ ކަމެކެވެ. ޒިނޭ އަކީ މާތްﷲ ނަފްތަރުކުރައްވާފައިވާ ފާފައެކެވެ. އަދި އެކަލާނގެ ވަނީ ޒިނޭއަށް މަގުފަހިވާ އެންމެހާ ކަންކަން ނަހީކުރައްވާފައެވެ.

ޒިނޭއަށް މަގުފަހިވާ ސަބަބުތައް ބައިވަރެވެ. އެގޮތުން ބަރަހަނާ މަންޒަރުތައް ބެލުމާއި، އައުރައަށް އިހުމާލުވުން ފަދަ ކަންކަން ހިމެނެއެވެ. މީގެ އިތުރުން ކައިވެނި ނުކޮށް ލަސްކުރުމަކީވެސް ޒިނޭއަށް މަގުފަހިކުރުވާ ސަބަބެއް ކަމުގައި އުންމަތުގެ އިލްމުވެރިން ވިދާޅުވެއެވެ.

ތިމާއަށް ކައިވެނިކުރުމަށްޓަކައި ކަމުދާ ކުއްޖަކު ފެނިއްޖެނަމަ އެންމެ ރަނގަޅުގޮތަކީ ކައިވެނި އަވަސްކުރުމެވެ. މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(لَمْ نَرَ لِلْمُتَحَابَّيْنِ مِثْلَ النِّكَاحِ) – { رواه ابن ماجه ( 1847 ) وصححه البوصيري والشيخ الألباني في ” السلسلة الصحيحة ” ( 624 ) . “}

"އެކަކު އަނެކަކު ދެކެ ލޯބިވާ ދެމީހަކަށް ކައިވެންޏާ އެއްފަދަ ކަމެއް ނުވެއެވެ"

ކައިވެންޏަކީ މަތިވެރި އަހުދެކެވެ. ކައިވެނި ޝަރުއުކުރެއްވުނީ ޒިނޭފަދަ ފާހިޝް އަމަލުތަކުން އުންމަތް ސަލާމަތްކޮށް، ނަސްލީ އޮޅުންބޮޅުންތަކުން ސަލާމަތްވުމަށެވެ. އެހެންކަމުން މަގުބޫލު އުޒުނެއް ނެތި ކައިވެނި ކުރުން ފަސްކުރުންވެސް އަދި ކައިވެންޏަށް ހުރަސް އެޅުމަކީވެސް އެދެވިގެންވާ ކަމެއް ނޫނެވެ. 

އިސްލާމް ދީނުގައި އޮންނަނީ ތިބާގެ ދަރިފުޅާ ކައިވެނިކުރުމަށް ދީންވެރި އަޚްލާޤު ރަނގަޅު މީހަކު ހުށަހަޅައިފިނަމަ އެކުދީން ކައިވެނިކޮށްދިނުމަށެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.

( إِذَا خَطَبَ إِلَيْكُمْ مَنْ تَرْضَوْنَ دِينَهُ وَخُلُقَهُ فَزَوِّجُوهُ ، إِلَّا تَفْعَلُوا تَكُنْ فِتْنَةٌ فِي الْأَرْضِ وَفَسَادٌ عَرِيضٌ ){ روى الترمذي (1084) وحسنه الألباني في “صحيح الترمذي” .}

"އެމީހެއްގެ ދީންވެރިކަމާއި ރިވެތި އަޚްލާޤާމެދު ރުހެވޭ މީހަކު ކައިވެނިކުރުމަށް އެދި ހުށަހަޅައިފިނަމަ، ފަހެ ތިޔަބައިމީހުން އޭނާއާ ކައިވެނިކުރުވާށެވެ. ތިޔަބައިމީހުން އެކަން ނުކުރަނީނަމަ ބިންމަތީގައި ފާޅުވެގެންވާ ފިތުނައާއި ފަސާދަ އުފެދޭނެއެވެ"

އިސްވެދިޔަ ހަދީޘުންވެސް އެނގޭ ގޮތުގައި ކައިވެނިކުރުން ފަސްކުރުމަކީ ފިތުނަވެރިކަމާއި ފަސާދަ އުފެދި އަހުލާޤީ ކުއްތަކަށް އަރައިގަތުމަށް ހުޅުވޭ ދޮރެކެވެ. އެހެންކަމުން މުސްލިމަކަށްވެ ހުރެ އެ ދޮރު ބަންދުކޮށް ސައްހަ ކައިވެންޏަކުން ކައިވެނިކޮށް ހަޔާތުގައި ދުވަސްތައް އުފަލުގައި އުޅެވޭތޯ ބަލަން އެބަޖެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *