ރާއްޖެއަށް މިހާރު ކުރަމުން އަންނަ ހުޅަނގު މޫސުމުގެ ވިއްސާރައިގަ، ވޭތުވެ ދިޔަ 24 ގަޑިއިރު، އެންމެ ގިނައިން ވާރޭވެހުނީ ކުޅުދުއްފުއްޓަށް ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ނެރުނު ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، އިއްޔެ ހެނދުނު 8:00 ފެށިގެން މިއަދު ހެނދުނު 8:00 އާއި ހަމައަށް ހދ.ކުޅުދުއްފުއްޓަށް ވަނީ 124 މިލިލީޓަރުގެ ވާރޭ ވެހިފައެވެ. ކުޅުދުއްފުއްޓަށް އިއްޔެ ހެނދުނުންސުރެ ކުރި ވިއްސާރައިގަ ވަނީ ހަގެއަކަށް ދިރިނޫޅެވޭވަރަށް ގެއްލުންވެގެން، ވަނީ އެގެތަކުގައި ދިރިއުޅެމުންދިޔަ މީހުން އެހެން ގެތަކަށް ބަދަލުކޮށްފައެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ދެވަނައަށް އެންމެ ގިނައިން ވާރޭވެހިފައިވަނީ ނ. މާފަރަށެވެ. މާފަރަށް 106 މިލިލީޓަރުގެ ވާރޭ ވަނީ ވެހިފައެވެ. މާފަރަށްވެސް ވަނީ ކުރި ވިއްސާރައިގަ ފެން ބޮޑުވެ ބައެއް ގެއްލުންތައް ލިބިފައެވެ.

މެޓްގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، ތިންވަނައަށް އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ށ.ކަނޑިތީމަށެވެ. އެރަށުގައިވެސް ވަނީ ފެން ބޮޑުވެ ބައެއް ގެއްލުންތައް ލިބިފައެވެ.

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މެޓުން ވަނީ، ހއ.އަތޮޅުން ބ.އަތޮޅަށް ޔެލޯ އެލާޓްވެސް ނެރެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *