މިދިޔަ ހަފުތާގެ ބުދަ ދުވަހުގެ ރޭ ހުޅުމާލޭގައި މީހެއްގެ އަތުން 15،000 ޑޮލަރާއި, 150،000ރ. ފޭރުނު މައްސަލައިގައި އަދިވެސް މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުން ވިދާޅުވީ، އެ މައްސަލައިގައި ފޭރުނު ފައިސާވެސް އަދި ހޯދިފައިނުވާ ކަމަށެވެ.

ހުޅުމާލޭގެ ސިޓީ އޮންލައިން އޭޝިއާ ކައިރިން މިދިޔަ ހަފްތާގެ ބުދަ ދުވަހު އެ ފައިސާތައް ފޭރިގަތީ ދެ ސައިކަލެއްގައި ހެލްމެޓް އަޅައިގެން ދިޔަ ހަތަރު މީހަކު ކަމަށް ފުލުހުން ބުނެފައިވެ އެވެ. 

ފުލުހުން ބުނި ގޮތުގައި އެ ހަތަރު މީހުން ފޭރުނީ މާލެއިން ހުޅުމާލެއަށް ދިޔަ ސައިކަލެއްގެ މަޑިދަށުގައި ހުރި ފައިސާތަކެކެވެ.

ފަހަކަށް އައިސް ރާއްޖޭގައި ވަނީ ބޮޑެތި އަދަދުތަކުން ފޭރުމާއި ވައްކަމުގެ މައްސަލަތައް އިތުރުވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *