ރާއްޖޭގެ އެކި ހިސާބުތަކަށް މިހާރު ކުރަމުންދާ ވިއްސާރާގައި، އުތުރުގެ އަތޮޅުތަކަށް މޫސުމާ ބެހޭ ޤައުމީ އިދާރާ، މެޓުން ޔެލޯ އެލާޓް ނެރެފި އެވެ.
މެޓް އޮފީސް އިން ބުނެފައިވަނީ، މިއަދު ހެނދުނު 11:30 އިން ފެށިގެން މެންދުރުފަހު މެންދަރު 15:30 އާ ހަމައަށް ހއ. އަތޮޅުން ފެށިގެން ބ. އަތޮޅަށް ޔެލޯ އެލާޓް ނެރެފައިވާ ކަމަށެވެ.
މެޓުން ބުނީ ރާއްޖޭގެ އުތުރަށް ބޯކޮށް ވާރޭވެހުމާއި އެކު، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށެވެ.
ރާއްޖޭއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރާގައި ބައެއް ރަށްތަކަށް ދަނީ ފެންބޮޑުވެ ގެއްލުންތައް ވަމުންނެވެ.