ރަބް ނޭ ބަނާ ދީ ޖޯޅީ އިން ބޮލީވުޑްއަށް ތައާރަފްވި އަނުޝްކާ ޝަރްމާ ތަމަޅަ ފިލްމްއެއްގައި މަސައްކަތް ކުރަން އުޅޭ ކަމަށް އިންޑިއާގެ ބައެއް ރިޕޯޓް ތަކުން ހާމަކޮށްފިއެވެ.
ޝާހުރުކް ޚާން އަދި ކެޓްރީނާ ކައިފް އާއެކު ފިލްމު ޒީރޯ އިން ފެނުނު ފަހުން ބަތަލާ އަނުޝްކާ ޝަރްމާ އިތުރު ފިލްމްއެއްގެ މަސައްކަތް ކޮށްފައި ނުވާ އިރު، އިންޑިއާގެ އޮންލައިން މީޑިއާއެއް ކަމަށްވާ ޕިންކް ވިލާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އަނުޝްކާއަށް ޝަރުމާއަށް ވަނީ ތަމަޅަ ފިލްމްއެއްގައި މަސައްކަތްކުރުމަށް ހުށަހެޅުމެއް ލިބިފައެވެ.
އެއީ މިދިއަ އަހަރު އޭނާ ކުޅުން ފިލްމއެއް ކަމަށްވާ "ޕަރީގެ" ގެ ޓެމިލް ރީމޭކްއެއް ހެދުމަށް ނިންމައި ފިލްމު ލީޑް ރޯލު ކުޅުމަށް އަނުޝްކާ އަށް އެދިފައިވެއެވެ. އެހެން ނަމަވެސް އަނުޝްކާ މި ހުށަހެޅުން ގަބޫލުކުރި ކަމެއް އަދި އެނގިފައެއް ނުވެއެވެ.
އަނުޝްކާ އަކީ ބޮޑެތި އަދި މަޝްހޫރުކަން ހޯދާފައިވާ ފިލްމްތަކުގައި މަސައްކަތް ކޮށްފައިވާ ފަރާތެކެވެ. އެ ގޮތުން ބަލާއިރު، އަނުޝްކާ ވަނީ "ޕީކޭ" އާއި "ސުލްތާން" އަދި "ޖަބް ތަކްހޭ ޖާން" ފަދަ ކާމިޔާބު ފިލްމުތަކުގައި ވެސް މަސައްކަތްކޮށްފައެވެ.