މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ބަލަހައްޓަމުންގެންދާ ދަރުބާރުގޭގެ 15 އޭސީ މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިއުލާންކޮށްފިއެވެ.

ޕްލޭނިންގ މިނިސްޓްރީން އަލުން މިކަމަށް އިއުލާން ކުރީ އޭޕްރީލް މަހުގެ ތެރޭގައި ކުރެވުނު ފުރަތަމަ އިއުލާމާއި ގުޅިގެން ހުށަހެޅިފައިވާ އަންދާސީ ހިސާބުތަކަށް އެއްވެސް ފަރާތަކުން ޝަރުތު ފުރިހަމަ ނުވާތީއެވެ.

ޕްލޭނިންގް މިނިސްޓްރީން ބުުނީ، އެ މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2019 ޖޫން 11 ވާ އަންގާރަ ދުވަހުގެ 11:00 އަށް ދަރުބާރުގެއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދޭކަމަށެވެ. އަދި މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2019 ޖޫން 20 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ / އަމީނީމަގަށް ވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ

މީގެ އިތުރުން ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައި ކަމަށާއި، ސިޓީ އުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަމާއި، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި، ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެ ކަމަށްވެސް އިއުލާނުގައިވެއެވެ.

އިއުލާނުގައިވާ ގޮތުން ބީލަން ހުށަހަޅުއްވާއިރު، ބިލަމާއިއެކު ބިޑް ސެކިއުރިޓީ ހުށަހަޅުއްވަންވާނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *