އައްޑޫ ސިޓީ ހިތަދޫގެ އެކި ސަރަހައްދުގައި ހައްދުފަހަނައަޅާފައިވާ ހަނގުރާމަވެރި ޖަމާއަތް، އިސްލާމިކް ސްޓޭޓްސް، އައިއެސްއަށް ތާއީދުކޮށް ކުރަހާފައިވާ ގްރެފިޓީތަކެއްގެ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

އެގޮތުން ހިތަދޫ މައިލޯ ޓާފް ބޭރުގައި އަދި އައްޑޫ ކޮންވެންޝަން ސެންޓަރުގެ ބޭރުގައި ގްރެފިޓީތައް ކުރަހާފައިވާ ފޮޓޯތަކެއް މީސްމީޑިއާގައި ވަނީ އާންމުވެފައެވެ. އަދި އެކަމުގެ ކަންބޮޑުވުން އެތައް ބަޔަކު ދަނީ ފާޅުކުރަމުންނެވެ.

ގްރެފިޓީގެ މައްސަލައާއީ ގުޅިގެން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ، ނިރުބަވެރި ޖަމާއަތްތަކަށް ތާއީދުކޮށް، އެފަދަ ޖަމާއަތްތައް ޕްރޮމޯޓުކޮށް، އެމީހުންގެ ފިކުރު ފަތުރައި، އިސްލާމްދީނަށް މަލާމާތާއި ފުރައްސާރަކޮށް، ރާއްޖޭގައި އޮތް ދީނީ އެއްބައިވަންތަކަން ނަގާލުމަށް ނަފްރަތާއި އިންޓޮލަރެންސް ފަތުރާ މީހުންގެ މައްސަލަތައް ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަން ޖެހޭ ކަމަށެވެ.

އަދި އެފަދަ މައްސަލަތައް ހައްދުކޮށް އެކަން ކުރި ފަރާތްތައް ހުއްޓުވުމަށް ކަމާއި ބެހޭ އެހެން ފަރާތްތަކާއި ގުޅިގެން މަސައްކަތް ކުރައްވަމުން އަންނަ ކަމުގައިވެސް ހަމީދު ވިދާޅުވިއެެވެ.

އަދި މިފަދަ މައްސަލަތައް ހައްލުކުރަން ކުރަންޖެހޭ ކަންކަން ކަމާބެހޭ އިތުރު ފަރާތްތަކާ ގުޅިގެން ފުލުހުން ކުރަމުން އަންނަކަމުގެ ޔަގީންކަން ހަމީދު ދެއްވާފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *