މަސްތުވާތަކެތީގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުން އައި ގެއެއް ބަލައި ފާސްކޮށް ކޯޓު އަމުރެއްގެ ދަށުން  ހައްޔަރު ކުރި 11 މީހެއްގެ ބަންދަށް ފަސް ދުވަސް ޖަހައިފި އެވެ.

ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސައް ލިބުނު މައުލޫމަތަކާ ގުޅިގެން މ. އެވަރެސްޓްއާގެ ފުލުހުން އިއްޔެ ހަވީރު ބަލާ ފާސްކޮށް އެގެއިން ވަނީ މަސްތުވާތަކެއްޗާއި އެކު 11 މީހަކު ހައްޔަރުކޮށްފައެވެ.

ފުލުހުން މިއަދު ބުނީ، އެ މައްސަލައާ ގުޅިގެން ހައްޔަރު ކުރި 11 މީހުންގެ ބަންދަށް ކުރިމިނަލް ކޯޓުން ފަސް ދުވަސް ޖަހާފައިވާ ކަމަށެވެ.

މަސްތުވުމުގެ ހުރިހާ ހިދުމަތެއް ލިބޭ ގޮތައް ސަލާމަތީ ކަންކަން ވަރުގަދަކޮށްފައިވާ އެގެއިން ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ 23 އަހަރާއި 36 އަހަރާ ދެމެދުގެ އަށް ދިވެހި ފިރިހެނުންނާއި 25 އަހަރާއި 33 އަހަރާ ދެމެދުގެ ބަންގްލަދޭޝްގެ ތިން ފިރިހެނުންނެވެ.

އެގެ ބަލާ ފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް އަޅާފައި ހުރި ކަރުދާސްގަނޑަކާއި ރަބަރު ޕެކެޓެއް ފެނިފައިވެވެ.

އެގެއަށް ފުލުހުން ވަނީ ދަގަނޑު ތޭރި ދޮރުތައް ނައްޓައި، އެގޭގެ ފާރެއްވެސް ތަޅާލުމަށް ފަހުގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *