ކޮޅުމަޑުލު ކަނޑޫދޫގެ ކުލަބެއް ކަމަށްވާ، ކަނޑޫ ސްޕޯޓްސް ކުލަބުގެ ފަރާތުން އިންތިޒާމުކޮށްގެން އެރަށުގައި ޤުރުޢާން މުބާތާރެއް ކުރިއަށް ގެންގޮސްފިއެވެ.

ހަތް އުމުރުފުރާއަކުން ޖުމްލަ 71 ބައިވެރިންނާއި އެކު ކުރިއަށް ގެންދިޔަ މި މުބާރާތް ނިންމާލައިފައިވަނީ މިމަހުގެ އެއްވަނަ ދުވަހުގައެވެ.

ޤުރުއާން މުބާރާތުގެ އިމާނު ދިނުމުގެ ރަސްމިއްޔާތުގައި ވަނީ އެކި ވަނަ ވަނައަށް ދިޔަ ފަރާތްތަކަށް ތައްޓާއި މެޑަލް ހަވާލުކޮށްފައެވެ.

މުބާރާތުގެ ވަނަތައް:

މުޅި މުބާރާތުން ބަލައިގެން ކިޔުމުގެ ބައިން އެއްވަނަ:  ހައްވާ މާޖިދާ / ރާޝިދާ މަންޒިލް

މުޅި މުބާރާތުން ހިތުން ކިޔުމުގެ ބައިން އެއްވަނަ: ފާތުމަތު ރަސްމާ / މާފޮޅޭގެ

މުޅި މުބާރާތުގެ ސްކޫލު ކުދިންގެ ބައިން ހިތުން ކިޔުމުން އެއްވަނަ:  ފާތުމަތު ޔޫހާ ހަސަން / ޒުނޭރާ މަންޒިލް

ސްކޫލު ކުދިންގެ ބައިން ބަލައިގެން ކިޔުުމުން އެއްވަނަ:  އައިޝަތު ރިފްޤާ / ރީހުއްސަބާ

ކަނޑޫ ސްޕޯޓްސް ކުލަބުގެ އޮފީޝަލަކު ޖަޒީރާ ނިއުސް އަށް މައުލޫމާތު ދެމުން ވިދާޅުވީ، އެ ކުލަބުން އިސްނަގައިގެން އެ މުބާރާތް ބޭއްވީ ރަށުގެ ރައްޔިތުންގެ މެދުގައި ކީރިތި ޤުރުއާނަށް އޮންނަ ލޯބި އިތުރުކުރުމުގެ މަތިވެރި މަގުސަދުގައި ކަމަށެވެ. އަދި މިއަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް އެމުބާރާތް ބާއްވާނެ ކަމަށް އެކުލަބުން ބުނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *