މިއަދު ހަވީރު މާލޭ ސިޓީގައި 16:00 އިން ފެށިގެން 18:00 އާއި ހަމައަށް އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފައި އޮތް އޮތުން ތަންފީޒު ކުރުމަށް ފުލުހުން ކުރި މަސައްކަތުގެ ތެރެއިން، 461 އުޅަނދު ޗެކޮ ކޮށް، 364 މީހަކަށް ނަސޭހަތްތެރިވެ އަދި 97 މީހަކާއި ދޭތެރޭ ފިޔަވަޅު އަޅާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ، ހަވީރު ގަޑީގައި ވެހިކަލް ނުދުއްވާ ގޮތަށް ހަމަޖައްސާފައި އޮތް އޮތުން ތަންފީޒު ކުރަން ކުރި މަސައްކަތުގައި، ޓްރެފިކް އޮޕަރޭޝަންތަކުގައި 32 މީހަކަށް ނަސޭހަތް ދީ، 49 މީހަކަށް ފިޔަވަޅު އަޅާފައިވާ ކަމަށެވެ.

މާފަންނު ޕޮލިސް ސްޓޭޝަނުން ހަތް މީހަކަށް ފިޔަވަޅު އަޅާފައިވާއިރު، ގަލޮޅު ޕޮލިސް ސްޓޭޝަނުން 332 މީހަކަށް ނަސޭހަތް ދީ 34 މީހަކަށް ފިޔަވަޅު އަޅާފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. ފުލުހުން އިތުރަށް ވިދާޅުވީ، އެންވަޔަރުމެންޓް ފުލުހުން ހަތް މީހަކަށް ފިޔަވަޅު އަޅާފައިވާ ކަމަށެވެ.

މާލެ ސަރަހައްދުގައި އީދު ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް ފައިމަގުގައި އުޅޭ ގޮތަށް ނިންމީ ޓްރާންސްޕޯޓު އޮތޯރިޓީންނެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *