ޔުނައިޓެޑް ނޭޝަންސް ވޯލްޑް ޓޫރިޒަމް އޯގަނައިޒޭޝަން (ޔޫއެންޑަބްލިއުޓީއޯ) ގެ ދެކުނު އޭޝިއާ ސަރަހައްދުގެ ޗެއާއަކަށް ރާއްޖެ އިންތިޚާބު ކޮށްފި އެވެ.

ދެ އަހަރު ދުވަހަގެ މުއްދަތަކަށް، އެ ގޮނޑިއަށް ރާއްޖެ އިންތިޚާބު ކުރީ ބޫޓާނުގައި އިއްޔެ ފެށި ދުނިޔޭގެ ޓޫރިޒަމާ ބެހޭ ޖަމިއްޔާގެ 31 ވަނަ ބައްދަލުވުމުގައެވެ.

މީގެ ކުރިންވެސް 1995 ވަނަ އަހަރު ރާއްޖެ ވަނީ ދެކުނު އޭޝިއާ ސަރަހައްދުގެ ޗެއާއަކަށް އިންތިހާބުކޮށްފައެވެ. އެހެންކަމުން މިއީ މި ގޮނޑިއަށް ރާއްޖެ އިންތިހާބުކުރި ދެވަނަ ފަހަރެވެ.

ރާއްޖެ އަކީ، 1981 ވަނަ އަހަރުން ފެށިގެން އދ. ގެ ވޯލްޑް ޓޫރިޒަމް އޯގަނައިޒޭޝަންގެ މެމްބަރު ގައުމެއްގެ ގޮތުގައި އޮންނަ ގައުމެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *