އިންޖީނު ހުއްޓިގެން، ހަބަރެއް ނުވެގެން ހޯދަމުންދިޔަ، "ތުރައްޔާ" ދޯނީގައި ތިބި ތިން ފަޅުވެރިން ސަލާމަތް ކުރުމަށްފަހު، އެމީހުން ލ.ކައްދޫއަށް އެމްއެންޑީއެފްގެ ކޯސްޓްގާޑު ސްކޮޑްރަންގެ އެފްއައިސީ "މާފަތް" ލޯންޗުގައި ގެންގޮސްފިއެވެ.

އެދޯނީގައި ތިބި ދެމީހުން. ލަ.ކައްދޫއަށް ގެންދިއުމުގެ މަސައްކަތް  ފެށީ، މިއަދު މެންދުރު 11:30 ހާއިރެވެ. އަދި އެމީހުންނަށް ކައްދޫއަށް ދެވިފައިވަނީ، މިއަދު ހަވީރު 15:31 ހާއިރެވެ.

މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފުން ވިދާޅުވީ، އެ ބޯޓްގައި ތިބި ތިން ފަޅުވެރިން އެމްއެންޑީއެފްގެ "މާފަތް" ލޯންޗަށް، ނެގުމަށްފަހު އެ ދޯނި ވަނީ ކަނޑަށް ދޫކޮށްލާފައި ކަމަށާއި، އެ ދޯނި ކަނޑަށް ދޫކޮށްލީ، އެ ދޯނީގެ ވެރިފަރާތުން ކަފު ޖަހާނެ އިތުރު އުޅަނދެއް ލިބޭތޯ ކުރި މަސައްކަތުން، އެއްވެސް އުޅަނދެއް ނުލިބުމުން ކަމަށެވެ. އަދި އެ ދޯނި އޮޔާ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރަށް ދާތީ ކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، މާލެ އިން ފުރައިގެން އައްޑޫސިޓީއަށް ދަތުރު ކުރި 33 ފޫޓުގެ މި ދޯނި ގެއްލިގެން މިކަމުގެ ރިޕޯރޓް އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯރޑިނޭޝަން ސެންޓަރ (އެމްއާރުސީސީ)އަށް ލިބިފައިވަނީ އިއްޔެ ހަވީރު 17:20 ހާއިރުކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *