މިއަދު 11:30 އިން ފެށިގެން ހދ. އަތޮޅަށް ކުރަމުން އަންނަ ވިއްސާރައިގައި އެ އަތޮޅު ކުޅުދުއްފުށީގެ 16 ގެއަކަށް ފެންވަދެފައިވާ ކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ އެރަށުގެ ރައްޔިތުންނާއި، އެމްއެންޑީއެފާއި ފުލުހުން ގުޅިގެން އެރަށުގެ ގެތަކަށް ފެން ނުވަންނަނާނެހެން ވެލިބަސްތާ ޖެހުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެންމެ ގިނައިން ފެންވަދެފައިވަނީ ރަށުގެ އުތުރާއި ދެކުނުގައި ހުރި ގެތަކަށެވެ.
ކުޅުދުއްފުށީގައި ވިއްސާރައިގެ ސަބަބުން ފެންބޮޑުވެފައިވާއިރު، ރާއްޖޭގެ އެކި ސަރަހައްދުތަކަށް އަންނަނީ ބޯކޮށް ވާރޭވެހި ބޮޑެތި ގެއްލުންތައް ވަމުންނެވެ.