އެއިންޓްރަކްޓް ފްރޭންކްފާޓަށް ކުޅެމުން އައި ސާބިއާގެ ހުނަރުވެރި ފޯވާޑް ލޫކާ ޖޮވިޗް ސްޕެއިނުގެ ރެއާލް މެޑްރިޑަށް ސޮއިކޮށްފިއެވެ.

ރެއާލުން ޖޮވިޗް ގެނައުމަށް މަޝްވަރާކުރަމުން އަންނަތާ ދުވަސްތަކަކަށްފަހު އެ ކްލަބަށް ބަދަލުވެފައިމިވަނީ ހަ އަހަރުގެ އެއްބަސްވުމެއްގައި 60 މިލިއަން ޔޫރޯގެ އަގެއްގައި ކަމަށް ފަހުގެ މީޑިއާ ރިޕޯޓަތައް ބުނެއެވެ.

މިއީ ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި ރެއާލުން ދާއިމީ އެއްބަސްވުމެއްގައި ފޯވާޑެއް ގެނައުމަށް ބޮޑު ޓްރާންސްފާ ފީ އެއް ހޭދަކުރި ފުރަތަމަ ފަހަރެވެ. އެހެންނަމަވެސް، މީގެކުރީން އެ ޓީމުން ވަނީ ލޯން އުސޫލުން ޓޯގޯގެ ފޯވާޑް އެމަނުއެލް އަޑެބަޔޯ އާއި މެކްސިކޯގެ ފޯވާޑް ހަވިއާ ހެނާންޑޭޒް ގެނެސްފައެވެ.

އިސްކޮޅުން މާ ދިގު ނޫނަސް، އުމުރުން 21 އަހަރުގެ ޖޮވިޗް ފާހަގަވެގެންގޮސްފައިވަނީ ބޮލުން ގޯލްޖެހުމުގައި މޮޅު ކުޅުންތެރިއެއްގެ ގޮތުގައެވެ. އޭގެނަތީޖާއެއްގެގޮތުން، މީގެކުރީން ބާސެލޯނާ އިން ވެސް އުރުގުއޭގެ ފޯވާޑް ލުއިސް ސުއަރޭޒްގެ ބަދަލުގައި އޭނާ ގެނައުމަށް މަސައްކަތްކޮށްފައިވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ޖަރުމަން ލީގުގެ އިތުރުން ޔުއެފާ ޔުރޮޕާ ލީގުގައި ނިމިދިޔަ ސީޒަނުގައި މޮޅު ކުޅުމެއް ދެއްކި ޖޮވިޗް ސީޒަން ނިންމާލީ 27 ގޯލް ޖަހައި އިތުރު ހަތް ގޯލް ޖެހުމަށް އެހީތެރިވެދީފައެވެ.

ޖޮވިޗްގެ އިތުރުން ރެއާލްއާ ގުޅޭނެ އިތުރު ކުޅުންތެރިންގެ ތެރޭގައި އޮލިމްޕިކް ލިޔޯން އަށް ކުޅެމުން އަންނަ ފްރާންސްގެ ވާތުބެކް ފޭލަން މެންޑީ އަދި އެޑެން ހަޒާޑް ހިމެނެއެވެ. އެ ޓީމުން އާ ސީޒަނަށް މިހާތަނަށް ގެނެސްފައިވާ ކުޅުންތެރިންނަކީ ބްރެޒިލްގެ އެޑާ މިލިޓާއޯ އާއި ރޮޑްރީގޯ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *