ސެވިއްޔާގެ ހުސްވެފައިވާ ކޯޗުގެ މަގާމަށް ސްޕެއިން އަދި ރެއާލް މެޑްރިޑްގެ ކުރީގެ ކޯޗު ހުލެން ލޮޕެޓީގު ގެނެސްފިއެވެ. ސެވިއްޔާގެ ކޯޗުކަމާއި ލޮޕެޓީގު ހަވާލުވަނީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ.

އުމުރުން 52 އަހަރުގެ ލޮޕެޓީގު، ސްޕެއިންގެ ގައުމީ ޓީމުގެ ކޯޗުގެ މަގާމުން ވަކިކުރީ، ވޯލްޑްކަޕް ފެށެން 48 ގަޑިއިރަށް ވެފައިވަނިކޮށް، ރެއާލްގެ ކޯޗުކަމާ ހަވާލުވާން ނިންމުމުން އެކަމާ ހިތްހަމަނުޖެހިގެން ސްޕެއިންގެ ފެޑެރޭޝަނަށް އެންގުމަކާއި ނުލައި ކަމަށް ބުނެއެވެ.

އޭގެފަހުން، ރެއާލްގެ ކޯޗުކަމުގައިވެސް ލޮޕެޓީގަށް މާގިނަ ދުވަހު ދެމިހުރެވޭގޮތެއްނުވިއެވެ. އެ ޓީމުގެ ކޯޗުކަމުން ލޮޕެޓީގު ވަކިކުރީ ސީޒަނުގެ ކުރީކޮޅު ރެއާލްގެ ފަރާތުން ފެނުނު ދަށް ނަތީޖާގެ ސަބަބުން އެލްކްލެސިކޯގައި 1-5 ގެ ނަތީޖާއަކުން ބާސެލޯނާ އަތުން ބަލިވި މެޗަށްފަހުގައެވެ.

މިދިޔަ ސީޒަނުގައި ހަވަނައިގައި އޮވެ ނިންމާލި ސެވިއްޔާގެ ކުރީގެ ކޯޗު ޕަބްލޯ މަޝިން މަގާމުން ދުރުކުރީ މާރިޗު މަހުގައި ޔުރޮޕާ ލީގުން އެ ޓީމު ކެޓުމާއިގުޅިގެންނެވެ. 

ސެވިއްޔާގެ ކޯޗުގެ މަގާމު ހުސްވީ، މަޝިން އަށްފަހު އެ ޓީމާ ހަވާލުވި ކޯޗު ވަކީން ކަޕަރޯސް އަށް ލިއުކީމިއާ ޖެހިފައިވާތީވެ ސީޒަން ނިމުމުން މަގާމުން އިސްތިއުފާދޭން ނިންމުމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *