ދިރާގުން މާލެ އާއި އަތޮޅުތަކުގެ ރަށްރަށުގައި ކުޑަ ކުދިންނަށް މިއަދު އީދު ހަދިޔާ ބަހައިފި އެވެ. 

ދިރާގުން ބުނީ ފިތުރު އީދާއި ދިމާކޮށް އެކުންފުނީގެ ފަރާތުން ކުޑަކުދިންނަށް ހަދިޔާ ބަހަނީ އެއީ ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި އޮންނަ ސަގާފަތަކަށް ވުމުން ކަމަށެވެ.

އަދި އީދު ހަދިޔާ ލިބުމަކީ ކޮންމެ ކުއްޖަކުވެސް އެދި އެދި ހުންނަ ކަމެއް ކަމަށާއި، ހަދިޔާ ބެހުމުގެ ސަބަބުން އެކުދިންގެ މޫނުމަތިން ހިނިތުންވުމުގެ ކުލަވަރު ފެނިގެން ގޮސްފައިވާ ކަމަށް ދިރާގުން ބުނެއެވެ.

އެ ކުންފުނިން ކޮންމެ އަހަރަކު ވެސް އީދު ހަދިޔާ ބަހާއިރު، ދިރާގުން މި ފަހަރު ހަދިޔާ ބެހީ އެ ކުންފުނީގެ ރީޖަނަލް އޮޕަރޭޝަން ސެންޓަރުތައް ގާއިމްކޮށްފައިވާ ރަށްތަކުގަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *