ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު އެކަމަނާގެ ފިރިކަލުން އަދި ކާށިދޫ ދާއިރާގެ މިހާރުގެ މެންބަރު އަބްދުﷲ ޖާބިރަށް ލޯބިން ގޮވާ އުޅޭ ނަމަކީ "ޖާ" ކަމުގައި އެކަމަނާ ވިދާޅުވެއްޖެއެެވެ.

އޮންލައިން ނޫހެއް ކަމަށްވާ "ސަން އެމްވީ" އިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ދިޔާނާ ވިދާޅުވީ، ޖާބިރަށް ފެށުނީއްސުރެވެސް ލޯބިން ކިޔާއުޅޭ ނަމަކީ "ޖާ" ކަމުގައެވެ.

"އަޅުގަނޑު އަބަދުވެސް ފެށުނީއްސުރެއް ކިޔާއުޅޭ ނަމަކީ މީ "ޖާ".. އަޅުގަނޑުމެން ކުރީ ކޮޅުގައި ވަރަށް ސަމާސާވެސް ކުރަން" ދިޔާނާ ވިދާޅުވިއެވެ.

ޖާބިރާއި ދިޔާނާގެ ކައިވެންޏަށް 14 އަހަރުވާން ކައިރިވެފައިވާއިރު، އެ ދެމެފިރިން އުޅެނީ ވަރަށް ލޯބިން ހިތްހަމަޖެހިގެންކަމުގައި ދެ ފަރާތުންވެސް ފާހަގަކުރެއެވެ. ހާއްސަކޮށް ދިޔާނާ ވަނީ ޖާބިރަށް ވަރަށް ބޮޑަށް ތައުރީފްކޮށް ވާހަކަ ދައްކާފައެވެ.

"އަޅުގަނޑު ކަމަކަށް ބޭނުން ޖެހޭ ކޮންމެ އިރެއްގައި ޖާބިރު އަބަދުވެސް އުޅޭ. އަޅުގަނޑުގެ އާއިލާއަށްވެސް ޖާބިރު ވަރަށް ހެޔޮ" ދިޔާނާ ވިދާޅުވިއެވެ.

ދިޔާނާ ވިދާޅުވީ، ޖާބިރަކީ ވަރަށް ވިސްނުންފުޅު ތޫނު، މީހުންނަށް ހިތްހެޔޮ ބޭފުޅެއް ކަމަށެވެ. ދިޔާނާ ޖާބިރަށް ލޯބިން "ޖާ" ކިޔާއިރު ޖާބިރު ދިޔާނާއަށް ލޯބިން މުހާތަނު ކުރަނީ "ދޫނި" ކިޔާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *