އިންޑިއާގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރާ އޮގަސްޓް 15 ގައި ރިލީޒްކުރަން ތާވަލުކޮށްފައި އޮތް، އަކްޝޭ ކުމާރުގެ ފިލްމު "މިޝަން މަންގަލް" އެ މަހުގެ 9 އަށް އަވަސްކޮށްފި އެވެ.

ބޮލީވުޑް ހަންގާމާއިން ހާމަކުރާ ގޮތުގައި އެ ފިލްމު ރިލީޒްކުރުން އަވަސްކުރީ ބޮޑު އެހެން ދެ ފިލްމަކާ އެކު ބޮކްސް އޮފީހުގައި ކުރިމަތިލުމަކަށް ދާން ބޭނުން ނުވާތީއެވެ.

އެ ދެ ފިލްމަކީ ޖޯން އަބްރަހަމްގެ "ބަތުލާ ހައުސް" އާއި ޕްރަބާސްގެ "ސާހޯ" އެވެ.

މި ފިލްމުގައި އަކްޝޭ އާއި ވިދިޔާއާ އެކު، ސޮނާކްޝީ ސިންހާ، ނިތިޔާ މެނަން، ތާޕްސީ ޕައްނޫ، ކިރިތީ ކުލްހާރީ، ޝަރުމަން ޖޯޝީ އަދި ސަންޖޭ ކަޕޫރް ފެންނާނެ އެވެ.

"މިޝަން މަންގަލް" އަކީ ޑައިރެކްޓަރު އާރް ބަލްކީ އާއި ފޮކްސް ސްޓާ ސްޓޫޑިއޯގެ އިތުރުން އަކްޝޭގެ ކޭޕް އޮފް ގުޑް ފިލްމްސް އިން ހަދާ ފިލްމެކެވެ. މީގެ ޑައިރެކްޓަރަކީ ޖަގަން ޝަކްތީ އެވެ.

"މިޝަން މަންގަލް" އަކީ އަންހެން ސައިންޓިސްޓުންތަކެއް އިސްކޮށް ތިބެގެން ނޮބެމްބަރު، 5، 2013 ގައި އިންޑިއަން ރިސާޗް ސްޕޭސް އޮގަނައިޒޭޝަން (އިސްރޯ) އިން ލޯންޗް ކުރި މާސް އޯބިޓާ މިޝަން (މަންގަލިޔާން) އަށް ބިނާކޮށް ހަދާ ފިލްމެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *