އިންޑިޔާގައި އަނެއްކާވެސް ނިފާ ވައިރަސް ފެތުރެމުންދާ ކަމުގެ އަޑު ފެތުރިފައިވާ ދަނޑިވަޅެއްގައި އެޤައުމުގައި އެވައިރަސް ފެތުރެމުން އަންނަ ކަމުގެ ޔަޤީންކަން އިންޑިޔާގެ ކެރެލާ ސްޓޭޓްގެ ހެލްތް މިނިސްޓަރ ކޭކޭސައިޖިލާ ދީފިއެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި މިހާތަނަށް ނިފާ ވައިރަސްގެ ގިނަ ކޭސްތަކެއް އައިސްފައިވާއިރު، އޭގެ ތެރެއިން 86 މީހުންނަށް އެވައިރަސް ޖެހިފައިވާ ކަމަށް ޓެސްޓްތަކުން ދައްކާ ކަމަށް އެ ރިޕޯޓްތަކުގައި ހާމަކޮށްފައިވެއެވެ.

ނިފާ ބައްޔަކީ މިބަލި ޖެހިފައިވާ މީހުންގެ ދަލުންނާއި ކުޅުން އަދި ކުޑަކަމުދާ އެއްޗެހިން ފެތުރޭ ބައްޔެކެވެ. މިބައްޔަށް އަދި ފަރުވާއެއް ހޯދިފައި ނުވާކަމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ބުނެއެވެ. މިވައިރަސް ޖެހުމުގެ ސަބަބުން ސިކުނޑީގެ ޓިޝޫތައް ދުޅަވެ، ބައެއް ހާލަތުގައި މީހާ ކޯމާއަކަށްވެސް ދެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *