ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި އެކު ހުޅުމާލެއިން ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސައް ލިބުނު މައުލޫމާތަކާއި ގުޅިގެން ރޭ ދަންވަރު 3:10 ހާއިރު ހިންގި އޮޕަރޭޝަނެއްގައި، ކޯޓު އަމުރެއްގެ ދަށުން ހުޅުމާލޭގެ ގެއެއް ބަލައި ފާސްކޮށް، 03 ކިލޯގެ މަސްތުވާތަކެއްޗާއި އެކު ދެމީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ފުލުހުން ވިދާޅުވީ، މި މައްސަލައާއި ގުޅިގެން ހައްޔަރުކުރެވިފައިވަނީ 25 އަހަރުގެ ދިވެހި ފިރިހެނަކާއި، 52 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ.
އަދި މި މައްސަލަ އިތުރަށް ތަހުޤީޤު ކުރަމުން އަންނަ ކަމުގައިވެސް ފުލުހުން ބުނެފައިވެއެވެ.