ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) ގެ އަހަރީ އާއްމު ޖަލްސާ މިމަހުގެ 15 ވަނަ ދުވަހު ބާއްވަން ނިންމައިފި އެވެ.

ގޭމްގެ އަހަރީ އާންމު ޖަލްސާ އޮންނާނީ މިމަހުގެ 15 ވަނަ ދުވަހު އުނިމާ ގްރޭންޑް ހޮޓެލްގައެވެ. އަދި މި ޖަލްސާގައި މުހިންމު ބައެއް ކަންތައްތަކެއް ނިންމާނެ ކަމަށް ގޭމްގެ ފަރާތުން ބުނެއެވެ. އޭގެ ތެރޭގައި ގޭމްއަށް މެންބަރުން އިތުރުކުރުން ހިމެނެއެވެ. ގޭމްގައި މިހާރު މެންބަރުންގެ ގޮތުގައި ތިބެނީ ނުވަ ބޭފުޅުންނެވެ. އަދި އޭޖީއެމްގައި އެ އަަދަދު 15 އަށް އިތުރުކުރަން ވަނީ ނިންމާފައެވެ.

ގޭމްއިން ބުނީ އެ ފަރާތުގެ ބޭނުމަކީ ވީހާވެސް ގިނަ ބަޔަކަށް ފުރުސަތު ދިނުން ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިހާރު ރާއްޖޭގައި 538 ގެސްޓްހައުސް ހިންގަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *