މިހާރު ރާއްޖެއަށް ކުރަމުން އަންނަ ވިއްސާރައިގައި ތ އަތޮޅު ކަނޑޫދޫއަށް ގަދަވަޔާއި އެކު ވާރޭ ވެހުމުގެ ސަބަބުން އެރަށަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

އެގޮތުން ބައެއް ރުއްގަސްތައް ބިއްމައްޗަށް ވެއްޓިފައިވާ ކަމަށް ރަށު ކައުންސިލުން މައުލޫމާތު ދެއެވެ.

"ބައެއް ރުއްގަސް އެބަހުރި ވެއްޓިފައި، މީހުން ދިރިއުޅޭ ސަރަހައްދަކުންވެސް އެބަހުރި ގާތްގަނޑަކަށް 10 ވަރަކަށް ގަސް ވެއްޓިފައި" ކައުންސިލްގެ ރައީސް އަލީ ނާސިޙް ވިދާޅުވިއެވެ.

ނާސިހް ވިދާޅުވީ، ބައެއް ދަނޑުތަކަށްވެސް ގެއްލުން ލިބިފައިވާ ކަމަށާއި ޖުމްލަކޮށް މުޅި ރަށަށް ލިބުނު ގެއްލުންތައް ބަލަމުން އަންނަ ކަމަށެވެ.

ނާސިހް އިތުރަށް ވިދާޅުވީ، ރުއްގަސްތައް ވެއްޓިފައިވަނީ ރޭ ފަތިހުން ފެށިގެން އެރަށަށް ޖެހުނު ވައިގެ ސަބަބުން ކަމަށެވެ. އަދި އެންމެ ގިނައިން ވެއްޓިފައިވަނީ މަގުތަކުގައި ހައްދާފައި ހުރި ޖޭމު ގަހާއި މިދިލި ގަސްތައް ކަމަށް ނާސިހް ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *