މާލެއިން ހުޅުމާލެއަށް ދުއްވާފައި ދިޔަ ވެހިކަލަކުން ހައިވޭގެ ރޯޑް ޑިވައިޑަރުތަކުގައި ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.
މީޑިއާތަކަށް މައުލޫމާތު ދެއްވަމުން، ފުލުހުން ވިދާޅުވީ، މިއަދު ހެނދުނު 10:15 ހާއިރު، މާލެއިން ހުޅުމާލެއަށް ދުއްވާފައި ދިޔަ ވެހިކަލަކުން ހައިވޭގެ ރޯޑް ޑިވައިޑަރުތަކުގައި ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، އެ އެކްސިޑެންޓްގައި ޑިވައިޑަރުތަކުގެ ބޮޑު ބައެއް ހަލާކުވެފައިވާ ކަމަށާއި، އަދި އެކްސިޑެންޓްވި ވެހިކަލް މަޑުނުކޮށް އެ ސަރަހައްދުން ގޮސްފައިވާ ކަމަށެވެ.
ނަމަވެސް އެ ވެހިކަލް ހޯދަން ފުލުހުން ކުރި މަސައްކަތުން ވެހިކަލް ވަނީ މިއަދު 11:00 ގައި ފެނިފައެވެ. އަދި އެކްސިޑެންޓްވީ ޕްރައިވެޓް ކާރެއް ކަމަށާއި އެ ކާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފައިވެއެެވެ.