މާލޭގައި މަސްތުވާތަކެތި ބޭނުންކޮށް އޭގެ ވިޔަފާރި ކުރަމުންދިޔަ ގެއަކަށް ފުލުހުން ވަދެ އެ ގެއިން 11 މީހަކު ހައްޔަރުކޮށްފި އެވެ.

ކޯޓް އަމުރެއްގެ ދަށުން ފުލުހުން އިއްޔެ ވަދެފައި ވަނީ މ. އެވަރެސްޓް އާގެ އަށެވެ. ފުލުހުން ބުނީ އެގެެއިން ހައްޔަރުކޮށްފައިވަނީ، 23 އަހަރާއި، 36 އަހަރާއި ދެމެދުގެ ދިވެހި އަށް ފިރިހެނުންނާއި، 25 އަހަރާއި 33 އަހަރާއި ދެމެދުގެ ބަންގްލަދޭޝްގެ ތިން ފިރިހެނުން ކަމަށެވެ.

ފުލުހުން ބުނީ އެ ގެއަކީ މަސްތުވާތަކެެއަޗާ ގުޅޭ ހުރިހާ ހިދުމަތެއް ފުޅާ ދާއިރާއެއްގައި ދޭ ގެއެއް ކަމަށާއި ފުލުހުންނަށް ހުރަސް އެޅުމުގެ ގޮތުން ފުލުހުންނަށް ނުވަދެވޭނެ ގޮތަށް ދަގަނޑު ތޭރި ހިމެނޭ ދޮރުތައް އެ ގޭގައި ލާފައި ހުރި ކަމަށެވެ. އިއްޔެ ފުލުހުން އެގެއަށް ވަނީ އެ ތޭރިތައް ނެގުމަށް ގޭގެ ފާރެއް ތަޅާލައިގެނެވެ.

އަދި އެގެ ބަލައި ފާސް ކުރި އިރު މަސްތުވާތަކެތި އަޅާފައިވަ ރަބަރު ޕެކެޓްތަކާއި ކަރުދާސްގަނޑުތައް ފެނިފައި ވާކަމަށް ފުލުހުން ބުނެއެވެ. 

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުޤީޤު ކުރަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *