ރާއްޖެއަށް މިހާރު ކުރަމުން މިގެންދާ ވިއްސާރައިގަ، އދ.ދިގުރަށަށް ރޭއްސުރެ ބޯކޮށް ވާރޭވެހުމުގެ ސަބަބުން، އެރަށުގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑި ބައެއް ގެތަކަށް ފެން ވަދެއްޖެއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި، ރޭއްސުރެ އެރަށަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން، މިއަދު ހެނދުނު 6:00 ހާއިރު ވަނީ އެރަށުގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިފައެވެ.

އަދި ބައެއް ގެތަކަށް ފެން ވަންނަމުން ދާކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ. މީގެ އިތުރުން ކުރަމުންދާ ވިއްސާރައިގަ، ކަނޑު ގަދަވުމުގެ ސަބަބުން އެރަށު ފަޅު ތެރޭގައި އޮތް، ލޯންޗެއް ވެސް ވަނީ އަޑިއަށް ގޮސްފައެވެ.

ފުލުހުންނާއި އަދި އެރަށު ކައުންސިލް ގުޅިގެން މިހާރު ދަނީ، ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަަސައްކަތް ކުރަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.