އިންޖީނު ހުއްޓިގެން، ހަބަރެއް ނުވެގެން ހޯދަމުންދިޔަ، "ތުރައްޔާ" ދޯނީގައި ތިބި ތިން ފަޅުވެރިން ސަލާމަތް ކުރުމަށްފަހު ދޯނި އޮޔާއި ދޫކޮށްލައިފިއެވެ.

މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފުން ވިދާޅުވީ، އެ ބޯޓްގައި ތިބި ތިން ފަޅުވެރިން އެމްއެންޑީއެފްގެ "މާފަތް" ލޯންޗަށް، ނެގުމަށްފަހު އެ ދޯނި ވަނީ ކަނޑަށް ދޫކޮށްލާފައި ކަމަށާއި، އެ ދޯނި ކަނޑަށް ދޫކޮށްލީ، އެ ދޯނީގެ ވެރިފަރާތުން ކަފު ޖަހާނެ އިތުރު އުޅަނދެއް ލިބޭތޯ ކުރި މަސައްކަތުން، އެއްވެސް އުޅަނދެއް ނުލިބުމުން ކަމަށެވެ. އަދި އެ ދޯނި އޮޔާ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރަށް ދާތީ ކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، މާލެ އިން ފުރައިގެން އައްޑޫސިޓީއަށް ދަތުރު ކުރި 33 ފޫޓުގެ މި ދޯނި ގެއްލިގެން މިކަމުގެ ރިޕޯރޓް އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯރޑިނޭޝަން ސެންޓަރ (އެމްއާރުސީސީ)އަށް ލިބިފައިވަނީ އިއްޔެ ހަވީރު 17:20 ހާއިރުކަމަށެވެ.

ރިޕޯޓް ލިބުމާ އެކު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް "މާފަތް" ލޯންޗު، މި ދޯނި ހޯދުމަށްޓަކައި ވަނީ މަސައްކަތް ފަށާފައިވާ ކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.

އެމްއެންޑީއެފުން އިތުރަށް ވިދާޅުވީ، އެ ދޯނި ފެނިފައިވަނީ ދޯނި ހޯދުމަށްޓަކައި މަސައްކަތް ކުރަމުންދިޔަ، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ ފާސްޓް އިންޓަރ ސެޕްޓަރ ކްރާފްޓް "މާފަތް" ލޯންޗަށް، ރޭ 22:30 ހާއިރު، ލ. ގަމުގެ އިރުން 31 ނޯޓިކަލް މޭލު ބޭރުން އިންޖީނު ހުއްޓިފައި އޮއްވައިކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *