އީދު ނަމާދަށް ދިޔަ ވަގުތު، މާލޭގެ ގެއެއްގެ ދޮރު ހަލާކުކޮށްލައިގެން ވަދެ، ގިނަ އަދަދެއްގެ ފައިސާއާއި ފޯނެއް ވަގަށް ނަގައިފިއެވެ.

ފުލުހުން ވިދާޅުވީ، އީދު ނަމާދަށް ދިޔަ ވަގުތު މައްޗަންގޯޅީ ގެއެއްގެ ދޮރު ހަލާކުކޮށްލައިގެން ވަދެ، އެގެއިން 60،000 ( ފަސްދޮޅަސް ހާސް) ރުފިޔާއާއި ފޯނެއް ވަގަށް ނަގާފައިވާ ކަމަށެވެ.

މި ހާދިސާގައި އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުޤީޤު ކުރަމުންނެވެ.

ފިތުރު އީދު ދުވަހުގައި މާލޭގައި ބޮޑު ވައްކަމެއް ކޮށްފައިވާއިރު، ފުލުހުން އިއްޔަ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައިވަނީ މިއަހަރުގެ ފިތުރު އީދުގައި ވައްކަމާއި ފޭރުން ފަދަ ކުއްތައް މަދު ކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރާނެ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *