ރައީސްގެ ދެކަނބަލުންގެ އީދު ސަލާމް ކުރެއްވުން މާދަމާ ނުބާއްވަވާ ގޮތަށް ހަމަޖައްސައިފި އެވެ.
މީގެ ކުރިން ރައީސްގެ ދެކަނބަލުން އީދު ސަލާމް ކުރެއްވުން ހަމަޖައްސާފައި އޮތީ ރިޔާސީ ގަނޑުވަރު މުލިއާގޭގައި ހެނދުނު 9:30 އިން ފެށިގެން 10:30 އަށެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު މިރޭ ކުރެއްވި ޓްވީޓެއްގައި ވަނީ ރައީސްގެ ދެކަނބަލުންގެ އީދު ސަލާމް ކުރެއްވުން މާދަމާ ނުބާއްވާ ގޮތަށް ހަމަޖެއްސީ މޫސުން ގޯސްވުމުގެ ސަބަބުން ކަމަށެވެ.
ރައީސް އީދު ދުވަހު އީދު ސަލާމް ކުރެއްވުމަކީ ޒަމާނުއްސުރެއް ރާއްޖޭގައި ކުރަމުން އަންނަ ކަމެކެވެ.